[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 169

187ވަނަ ޤަވާޢިދު (ޖުމްލަ 189): (عَنْ) لِلْبُعْدِ وَالـمُجَاوَزَةِ މި ޤަވާޢިދުގެ ތަރުޖަމާ: {عَنْ ބޭނުންކުރެވެނީ ދުރުވުމަށާއި ފަހަނަޅައިދިޔުމަށް} މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި ތިން ގޮތަކަށް عَنْ ބޭނުންކުރެވެއެވެ. އޭގެ ތެރެއިން މި ޤަވާޢިދުގައި މި ވާހަކަދެކެވެނީ އިބިފިލިޖައްސައިދޭ ޙަރުފެއްގެ ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުންނެވެ. އެ ގޮތުން، މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، عَنْ ޙަރުފަކީ ޢަރަބިބަހުގެ އަޞްލުގައި، އެއްޗެއް ފަހަނަޅައިދިޔުމަށާއި އެ ދޫކޮށް އެހެން އެއްޗަކަށް ދިޔުމަށް ދަލީލުކޮށްދޭ ލަފްޒެއް ކަމުގައެވެ. […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 168

185ވަނަ ޤަވާޢިދު (ޖުމްލަ 189): (لَكِنْ) لِلْاِسْتِدْرَاكِ މި ޤަވާޢިދުގެ ތަރުޖަމާ: {لَـكِنْ ގެ ބޭނުމަކީ އިސްތިދުރާކު ކުރުން} މި ޤަވާޢިދުގެ މުރާދު: އިސްތިދުރާކު ކުރުމަކީ، ދެކެވުނު ވާހަކައިން އުފެދިދާނޭ ވަހުމެއް ފިލުވައިލުމެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، لَـكِنْ (އެހެނެއްކަމަކު) ޙަރުފުގެ ބޭނުމަކީ އެއީ ކަމުގައެވެ. އެ ގޮތުގެ މަތިން، އޭގެ ފަހުން އޮތް ވާހަކައަށް، އޭގެ ކުރިން އޮތް ވާހަކަޔާ ތަފާތު ޙުކުމެއް ސާބިތުކުރާނެއެވެ. އޭގެ ކުރިން އޮތީ، ނަފީކުރުމެއް ކަމުގައި ވާނަމަ، […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 167

183ވަނަ ޤަވާޢިދު (ޖުމްލަ 189): (لَوْلَا) تَدُلُّ عَلَى امْتِنَاعِ الشَّيْءِ لِوُقُوعِ غَيْرِهِ މި ޤަވާޢިދުގެ ތަރުޖަމާ: {لَوْلَا އިން ދަލީލުކޮށްދެނީ، އެއްޗެއް، އެހެން އެއްޗެއް މެދުވެރިވުމުން މަނާވެގަތުން} މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި لَوْلَا (ނުވާނޭނަމަ) ޙަރުފަކީ، ކަމެއް ވުޖޫދުވުމުން، ކަމަކުން މަނާވެގަތުމަށް ބޭނުންކުރެވޭ ލަފްޒެކެވެ. އެއިން ދޭހަކޮށްދެނީ، ޝަރުޠު ވުޖޫދުވުމުން، ޖަވާބު މެދުވެރިވުން މަނާވެގަތުމުގެ މާނައެވެ. ދެން ފަހެ، لَوْلَا ޙަރުފު، ނަމަކުން ފެށޭ ޖުމްލައަކަށް ވެސް ވަދެދާނެއެވެ. އަދި ކަމަކުން ފެށޭ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 166

181ވަނަ ޤަވާޢިދު (ޖުމްލަ 189): (فِي) لِلظَّرْفِيَّةِ الـحَقِيْقِيَّةِ أَوْ الـمَجَازِيَّةِ މި ޤަވާޢިދުގެ ތަރުޖަމާ: {فِي ބޭނުންކުރެވެނީ، ޙަޤީޤީ ގޮތުން ނުވަތަ މަޖާޒީ ގޮތުން ظَرْفُ ގެ މާނައިގައި} މި ޤަވާޢިދުގެ މުރާދު: فِي (ގައި) އަކީ، އޭގެ ފަހުން އޮންނަ ލަފްޒުގައި އިބިފިލިޖައްސައިދޭ ޙަރުފެކެވެ. ބަހަވީ ގޮތުން ބޭނުންކުރުމުގައި فِي ޙަރުފަކީ، އެތަކެއް މާނައެއްގައި އަންނަ ޙަރުފެކެވެ. އެ ތަނުން އެންމެ މަޝްހޫރު މާނައަކީ، الظَّرْفِيَّةُ (ظَرْفُ އަކަށްވުން) އެވެ. ظَرْفُ އަކަށްވުމަކީ، އެއްޗެއް […]

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 7

الحديث الثامن: عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُوْلَ اللهِ قَالَ: ((أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدَاً رَسُوْلُ اللهِ وَيُقِيْمُوْا الصَّلاةَ وَيُؤْتُوا الزَّكَاةَ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءهَمْ وَأَمْوَالَهُمْ إِلاَّ بِحَقِّ الإِسْلامِ وَحِسَابُهُمْ عَلَى اللهِ تَعَالَى)) [رواه البخاري ومسلم] މާނައީ: އިބްނު ޢުމަރު رضي اللّه عنهما ރިވާކުރެއްވިއެވެ. […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 165

179ވަނަ ޤަވާޢިދު (ޖުމްލަ 189): (بَلْ) مَوْضُوعٌ لِإِثْبَاتِ مَا بَعْدَهُ، وَالإِعْرَاضِ عَمَّا قَبْلَهُ މި ޤަވާޢިދުގެ ތަރުޖަމާ: {بَـلْ ބޭނުންކުރެވެނީ، އޭގެ ފަހުން އޮތް އެތި ސާބިތުކުރުމަށް، އަދި އޭގެ ކުރިން އޮތް އެތިން ދުރުހެލިވުމަށް} މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި بَـلْ (އަދި ކިއެއްތަ!) ޙަރުފު ބޭނުންކުރެވެނީ، އޭގެ ފަހުން ބަޔާންވެފައިވާ ކަންތައް ސާބިތުކުރުމުގެ ގޮތުންނެވެ. އަދި އޭގެ ކުރިން ބަޔާންވެފައިވާ ކަންތަކުން ދުރުހެލިވެ އެ ކަންތައް ދޫކޮށްލުމުގެ ގޮތުންނެވެ. މި ޤަވާޢިދުގެ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 164

178ވަނަ ޤަވާޢިދު (ޖުމްލަ 189): (إِلَى) مَوْضُوعٌ لِانْتِهَاءِ غَايَةِ الشَّيْءِ މި ޤަވާޢިދުގެ ތަރުޖަމާ: {إِلَى ބޭނުންކުރެވެނީ، އެއްޗެއްގެ ޣާޔަތުގެ ނިމުން އަތުވެއްޖެކަން ދޭހަކޮށްދިނުމަށް} މި ޤަވާޢިދުގެ މުރާދު: ބަހަވީ ގޮތުން ބޭނުންކުރާ ކުރުމުގައި، إِلَى (ހަމައަށް) ޙަރްފު އެކި މާނަތަކުގައި އައިސްފައި ހުރެތެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު މާނައަކީ، އެއްޗެއްގެ ޣާޔަތަށް (އެބަހީ، އެއްޗެއްގެ ނިމޭކޮޅަށް) ނިމުންއައުމެވެ. އެއީ، ޒަމާނަށް ނިސްބަތްވާ ޣާޔަތެއް ކަމުގައި ވިޔަސް، ނުވަތަ ތަނަކަށް ނިސްބަތްވާ ޣާޔަތެއް ކަމުގައި […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 163

177ވަނަ ޤަވާޢިދު (ޖުމްލަ 189): اللَّامُ لِلْاِخْتِصَاصِ މި ޤަވާޢިދުގެ ތަރުޖަމާ: {ލާމު ބޭނުންކުރެވެނީ، އިޚްތިޞާޞަށް} މި ޤަވާޢިދުގެ މުރާދު: އިބިފިލިޖައްސައިދޭ ލާމަކީ، ޢަރަބިބަހުގެ އަޞްލުގައި، الـمُضَافُ إِلَيْهِ އިން، الـمُضَافُ ޚާއްޞަކުރުމަށް ބޭނުންކުރެވޭ ޙަރުފެކެވެ. އެއީ، الـمُضَافُ ގައި އެހެން އެއްޗެއް ބައިވެރިނުވާނޭހެންނެވެ. އަދި ޤަރީނާއެއް ނެތްނަމަ، ލާމުން މި ނޫން މާނައެއް ނުނެގޭނެއެވެ. މިއީ، ބަހަވީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންނާއި، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މިއާ ޚިލާފަށް، އައްޝީރާޒީއާއި، ޙަންބަލީންކުރެ ގިނަ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 162

175ވަނަ ޤަވާޢިދު (ޖުމްލަ 189): (إِنَّـمَا) تُفِيْدُ الـحَصْرَ މި ޤަވާޢިދުގެ ތަރުޖަމާ: {إِنَّـمَا އިން ހަނިކުރުމުގެ މާނަ ލިއްބައިދޭ} މި ޤަވާޢިދުގެ މުރާދު: ވާހަކައިގައިވާ ފަރާތަށް ޙުކުމް ހަނިކޮށް، އެ ނޫން ފަރާތްތަކަށް އެ ޙުކުމް ނަފީކުރުމުގެ މާނަ، إِنَّـمَا އިން ލިއްބައިދެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި ގިނަ މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީންގެ ވެސް ރައުޔެވެ. މިއާ ޚިލާފަށް، ޙަނަފީންނާއި އަދިވެސް ބައެއް އެހެން ބޭފުޅުންގެ ނަޒަރުގައި، إِنَّـمَا ބޭނުންކުރެވެނީ […]