ފޮތް: ދަލާއިލުއް ތައުޙީދި
ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނާއި ޖިންނީން ހެއްދެވީ އެއިލާހު އެއްކައުވަންތަކުރުމަށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނާއި ޖިންނީން ހެއްދެވީ އެއިލާހު އެއްކައުވަންތަކުރުމަށެވެ.
އެބަސްތަކެއްގެ ސަބަބުން ﷲ އަހަރެންނަށް މަންފާކޮށްދެއްވަނިވި ބަސްތަކެއް ލިޔެދީބަލަ! އެންމެ ފުރަތަމަވެސް އަހަރެން ތިބާއަށް ވަޞިއްޔަތްކުރާނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ތަކެއްޗާމެދު ވިސްނާލުމަށެވެ. އެއީ ހަމަކަށަވަރުންވެސް އެކަލޭގެފާނު ވަނީ އިންސާނުން އެއްޗަކަށް ބޭނުންވާނޭ ހުރިހާ އެއްޗަކައިގެން ވަޑައިގެންފައެވެ. ﷲ އާ ކުއްތަންވެވޭނެ އަދި އެއިލާހުގެ ސުވަރުގެއަށް ވަދެވޭނެ އެއްވެސް މަގެއް އަހަރެމެންނަށް ދައްކަވާފައިނޫނީ އެކަލޭފާނު އަހަރެމެން ދޫނުކުރައްވައެވެ. އަދި ހަމައެހެންމެ ﷲ އާ އަހަރެމެން ދުރުކޮށް، ނަރަކައިގެ ޢަޛާބާ…
50- އަހަރެންނަށް ތިބާ ވަޞިއްޔަތްކުރަނީ ކޮންކަމަކަށް؟ އަހަރެން ތިބާއަށް ނަޞީޙަތްތެރިވަނީ ތައުޙީދުގެ ޢިލްމު ހޯދައިގަތުމަށެވެ. އެޢިލްމުގައި ތިބާ ފިޤުހުވެރިވުމަށެވެ. އަދި ތައުޙީދާބެހޭގޮތުން ލިޔެފައިވާ ފޮތްތައް މުޠާލިޢާކުރުމަށެވެ. އެކަމަކައިގެން ރަސޫލުން ފޮނުއްވުނު ތައުޙީދުގެ ޙަޤީޤަތް ހަމަކަށަވަރުންވެސް އެފޮތްތަކުގެ ޛަރީޢާއިން ތިބާއަށް އެނގި ބަޔާންވެގެންދާނެއެވެ. އަދި ﷲ ޙަރާމްކުރައްވާފައިވާ ޝިރުކުގެ ބޮޑުފާފަ، އަދި އެއިލާހު ނުފުއްސަވާނެކަމަށް އަންގަވާފައިވާ ޝިރުކުގެ މިފާފައިގެ ޙަޤީޤަތްވެސް ތިބާއަށް އެނގި ބަޔާންވެގެންދާނެއެވެ. އަދި ޝިރުކުކުރާ މީހާގެ މައްޗަށް ސުވަރުގެ ޙަރާމްވެގެންވާކަމާއި އެކަންކުރާ މީހާގެ ޢަމަލުތައްވެސް ބާޠިލުވެގެންދާކަމާއި…
49- އެންމެ މާތްކަން ގަދަވެގެންވަނީ ކާކު؟ ކެތްތެރިވާ ފަޤީރުމީހާތަ ނޫނީ ޝުކުރުވެރިވާ މުއްސަނދިމީހާތަ؟ ކެތްތެރިވުމުގެ ތަޢުރީފަކީ ކޮބާ؟ އަދި ޝުކުރުވެރިވުމުގެ ތަޢުރީފަކީ ކޮބާ؟ ޖަވާބު: މުއްސަނދިކަމާއި ފަޤީރުކަމަށް ބަލާލާއިރު، އެދެކަމުގައި ކެތްތެރިޔާއާއި ޝުކުރުކުރާ މީހާވެސް ހިމެނެނީ މުއުމިނުންގެ ތެރެއިން މާތްމީހުންގެ ތެރޭގައެވެ. އެދެމީހުންގެ ތެރެއިން އެންމެ މާތް މީހަކީ އޭގެތެރެއިން އެންމެ ތަޤްވާވެރި މީހާއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ. إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ الحجرات: ١٣ މާނަ: “ހަމަކަށަވަރުން…
47– لاَ إِلهَ إِلاَّ الله ގެ މާނައަކީ ކޮބާ؟ ޖަވާބު: لاَ إِلهَ إِلاَّ الله ގެ މާނައަކީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ﷲފިޔަވައި ނުވުމެވެ. އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ މިއާޔަތެވެ. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ -الإسراء: ٢٣ މާނަ: “އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރުމަށް ކަލޭގެފާނުގެ ރައްބު ނިޔާކުރައްވައިފިއެވެ.” އެއިލާހުގެ ބަސްފުޅު أَلاَّ تَعْبُدُواْ އިން ދޭހަވަނީ لاَ إِلهَ…
46- ޢާއްމު މާނާގައި ޤަދަރުގެ ހެޔޮމިންވަރާއި ޤަދަރުގެ ނުބައިމިންވަރު ވެސް ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ފަރާތުން ހެއްޔެވެ؟ ޖަވާބު: ޢާއްމު މާނާގައި ޤަދަރުގެ ހެޔޮމިންވަރާއި ޤަދަރުގެ ނުބައިމިންވަރު ވެސް ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ފަރާތުންނެވެ. ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ” كُنَّا فِي جَنَازَةٍ فِي بَقِيعِ الْغَرْقَدِ ، قَالَ : فَأَتَانَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَعَدَ وَقَعَدْنَا حَوْلَهُ…
45- ޤަޟާއާއި ޤަދަރުގެ ފަރަޤަކީ ކޮބާ؟ ޖަވާބު: އަލްޤަދަރު މިބަސްނެގިފައިވަނީ ޤަދްރު މިމަޞްދަރުންނެވެ. އޭގެފަހުގައި މިންވަރު ބަޔާންކުރުމަށާއި ތަފްޞީލްކުރުމަށާއި ބަޔާންކުރުމުގެ މާނާގައި މިލަފްޒު ބޭނުންކުރެވުނެވެ. އެއަށްފަހުގައި މިލަފްޒު ގިނައިން ބޭނުންކުރެވުނީ ކާއިނާތުގައިވާ ތަކެއްޗާއި ކަންކަން ވުޖޫދުކުރެއްވުމުގެ ކުރީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެތަކެތި ޤަދަރުކުރެއްވުމުގެ މާނައިގައެވެ. ޤަޟާ ބޭނުންކުރެވެނީ ކައުނީ ޙުކުމްތަކަށެވެ. އެއީ ޤަދަރުގައިވާ ކަންތައްތަކަށެވެ. މި މުރާދުކުރަނީ ފުރަތަމަ ލިޔުއްވުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލިޔުއްވި ލިޔުއްވުމަށެވެ. އަދި ހަމަ އެއާއެކު މި ލަފްޒު ތަފްޞީލްކުރުމާއި…
44- ޝިރުކަކީ ކޮބާ؟ އަދި ޝިރުކުރުގެ ވައްތަރުތަކަކީ ކޮބާ؟ ޖަވާބު: ދަންނާށެވެ! ހަމަކަށަވަރުން ތައުޙީދަކީ ޝިރުކުގެ އިދިކޮޅެވެ. ޝިރުކުގެ ތިން ބާވަތްވެއެވެ. އެއީ ބޮޑުޝިރުކާއި ކުޑަޝިރުކާއި ވަންހަނާވެގެންވާ ޝިރުކެވެ. 1- ބޮޑު ޝިރުކު: މިވައްތަރުގެ ޝިކުރުގެ ހަތަރުބާވަތް ވެއެވެ. ހ- ދުޢާކުރުމުގައި ޝިރުކު ކުރުން: ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ” العنكبوت: ٦٥ މާނަ:…
43- ކުފުރުގެ މާނައަކީ ކޮބާ؟ އަދި ކުފުރުގެ ވައްތަރުތަކަކީ ކޮބާ؟ ކުފުރު ބެހެނީ ދެބަޔަކަށެވެ. 1- މިއްލަތުން ބޭރުވާ ކުފުރު: މިވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެއެވެ. ހ_- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. “وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ” العنكبوت: ٦٨ މާނަ: “އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ…
41- ﷲ ގެ އަމުރުފުޅެއް އަހަރެންނާ ހަމައަށް އައުމުން އަހަރެން ޢަމަލުކުރަންޖެހޭނީ ކިހިނެއް؟ ޖަވާބު: ހަތް ކަމެއް ކުރުން ތިބާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެއީ އެކަމުގެ ޢިލްމު ދެނެގަތުމާއި، އެކަމަށް ލޯބިކުރުމާއި، އެކަމެއް ކުރުމަށް ޢަޒުމްކަނޑައެޅުމާއި، އެކަމަށް ޢަމަލުކުރުމާއި، އެކަން ޝަރީޢަތުގައި އައިސްފައިވާގޮތަށް ﷲއަށް ޚާލިޞްކުރުމާއި، އެކަން ބާޠިލުވެދާފަދަ އެންމެހާ ކަންތައްތަކަށް ސަމާލުވެ ރައްކާތެރިވުމާއި، އަދި އެކަމުގެ މަތީގައި ޘާބިތުވުމެވެ. 42- ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމަށް އެއިލާހު އަމުރުކުރެއްވި ކަމާއި އެއިލާހާ އެހެންފަރާތެއް ބައިވެރިކުރުމަށް އެއިލާހު…
40– ތައުޙީދުގެ ވައްތަރުތަކަކީ ކޮބާ؟ ޖަވާބު: 1- ތައުޙީދުއް ރުބޫބިއްޔާ: އެއީ ރައްބުވަންތަކަމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ. މިވައްތަރުގެ ތައުޙީދަށް މައްކާގެ ކާފިރުންވެސް އިޤްރާރުވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّهُ فَقُلْ أَفَلَا تَتَّقُونَ” يونس: ٣١ މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ!…
39- ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެކަނި އަޅުކަން ކުރުމަށާއި ޠާޣޫތުތަކުން ދުރުހެލިވުމަށް ގޮވާލުމަށްޓަކައި އެއިލާހު ރަސޫލަކު ނުފޮނުއްވާ އެއްވެސް އުއްމަތެއް ވޭހެއްޔެވެ؟ ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެކަނި އަޅުކަން ކުރުމަށާއި ޠާޣޫތުތަކުން ދުރުހެލިވުމަށް ގޮވާލުމަށްޓަކައި އެއިލާހު ރަސޫލަކު ނުފޮނުއްވާ އެއްވެސް އުންމަތެއް ނުވެއެވެ. އެކަމުގެ ދަލީލަކީ ކީރިތި ﷲ ވަޙީކުރައްވާފައިވާ މިއާޔަތެވެ. “وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ” النحل: ٣٦ މާނަ: “އަދި ހަމަކަށަވަރުން ކޮންމެ…
37- އަލުންދިރުއްވުމަށްފަހުގައި މީސްތަކުންގެ ޢަމަލުތައް ޙިސާބުބައްލަވައި ޖަޒާ ދެއްވޭނެތަ؟ ޖަވާބު: އަލުން ދިރުއްވުމަށްފަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، މީސްތަކުންގެ ޢަމަލުތައް ޙިސާބުބައްލަވައި ޖަޒާދެއްވާނެއެވެ. އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى” النجم: ٣١ މާނަ: “ތިމާމެން ދުނިޔޭގައި ތިބެގެން ނުބައި ޢަމަލުތައް ކުރިމީހުންނަށް ނުބައި ޖަޒާ ދެއްވުމަށާއި، އަދި ރަނގަޅު ހެޔޮ ޢަމަލުކުރި މީސްތަކުންނަށް ރަނގަޅު ހެޔޮ ޖަޒާ ދެއްވުމަށެވެ.” 38- މަރުވުމަށްފަހު…
33- އިސްލާމްދީނުގެ މަރުތަބާ ތަކުގެ ތެރެއިން ދެވަނަ މަރުތަބާއަކީ ކޮބާ؟ ޖަވާބު: އެއީ އީމާންކަމެވެ. 34- އީމާންކަމުގެ ގޮފިތައް ކިތައް؟ ޖަވާބު: އީމާންކަމުގެ ގޮފިތައް ހަތްދިހަ އެތައްބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން އެންމެ މަތީގައިވަނީ لاَ إِلَه إِلاَّ اللهُ އެވެ. އޭގެ އެންމެ ދަށުދަރަޖައަކީ މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް ހުންނަ އެއްޗިހި އެއްފަރާތްކޮށްލުމެވެ. ލަދުވެތިކަމަކީ އީމާންކަމުގެ ގޮފިތަކުގެ ތެރެއިން ގޮތްޕެކެވެ. 35- އީމާންކަމުގެ ރުކުންތައް ކިތަކެއް؟ ޖަވާބު: އީމާންކަމުގެ ރުކުންތައް ހައެކެވެ. އެއީ މާތް ﷲ…
32- ނިފާޤުގެ ވައްތަރުތަކަކީ ކޮބާ؟ އަދި އޭގެ މާނައަކީ ކޮބާ؟ ޖަވާބު: ނިފާޤު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އިޢުތިޤާދުގެ ނިފާޤާއި ޢަމަލުގެ ނިފާޤެވެ. އިޢުތިޤާދުގެ ނިފާޤަކީ ހިތުން އިސްލާމްނުވެ ދުލުން ތިމަންނަމެންނަކީ މުސްލިމުންނޭ ބުނެއުޅުމެވެ. އިޢުތިޤާދުގެ ނިފާޤުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިބައިމީހުން ތިބޭނެ ތަނަކީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުކަމުގައި ހަމަޖައްސަވާފައެވެ. ޢަމަލުގެ ނިފާޤުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ…
31- ޝިރުކުގެ ވައްތަރުތަކަކީ ކޮބާ؟ ޖަވާބު: ޙާޖަތްތައް ފުއްދައިދިނުން އެދި މަރުވެފައިވާ މީހުންގެ ކިބައިން އެދުމާއި، އެމީހުންގެ ކިބައިން މަދަދަށް އެދުމާއި، ދިމާވާކަންތައްތަކުގައި މައްޔިތުންނާ ދިމާއަށް ދިޔުމަކީ ޝިރުކެކެވެ. މިއީ އެނގިހުރެ ކުރެވޭ ޝިރުކުގެ އަސްލެވެ. ހަމަކަށަވަރުން މަރުވެފައިވާ މީހާ އެވަނީ އޭނާގެ ޢަމަލުތައް ހުއްޓިފައެވެ. އޭނާއަށް އެޙާލުގައި އޭނާގެ ނަފްސަށް ފައިދާއެއްވެސް ހޯދައިގަތުމާއި އަދި ނަފްސަށް ގެއްލުމެއް ލިބޭނެ ކަމެއް ކުރުމުގެ ބާރެއްވެސް ނެތެވެ. އޭނާ، އޭނާގެ ކިބައިން އެހީއަށް އެދޭ މީހަކަށްވެސް ކޮށްދެވޭނީ ކޮންކަމެއް…