39- ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެކަނި އަޅުކަން ކުރުމަށާއި ޠާޣޫތުތަކުން ދުރުހެލިވުމަށް ގޮވާލުމަށްޓަކައި އެއިލާހު ރަސޫލަކު ނުފޮނުއްވާ އެއްވެސް އުއްމަތެއް ވޭހެއްޔެވެ؟
ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެކަނި އަޅުކަން ކުރުމަށާއި ޠާޣޫތުތަކުން ދުރުހެލިވުމަށް ގޮވާލުމަށްޓަކައި އެއިލާހު ރަސޫލަކު ނުފޮނުއްވާ އެއްވެސް އުންމަތެއް ނުވެއެވެ. އެކަމުގެ ދަލީލަކީ ކީރިތި ﷲ ވަޙީކުރައްވާފައިވާ މިއާޔަތެވެ. “وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ” النحل: ٣٦ މާނަ: “އަދި ހަމަކަށަވަރުން ކޮންމެ އުއްމަތަކަށް ތިމަންއިލާހު ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރުމަށާއި އަދި ތާޣޫތާ ދުރުހެލިވެގަތުމަށް އެންގެވުމަށެވެ.”
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =
ދަލާއިލުއްތައުޙީދިގެ ކުރީގެ ލިޔުންތައް ވިދާޅުވުމަށް