[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ މާތްކަން ގަދަވެގެންވާ މީހާ – ދަލާއިލުއް ތައުޙީދި 32

49- އެންމެ މާތްކަން ގަދަވެގެންވަނީ ކާކު؟ ކެތްތެރިވާ ފަޤީރުމީހާތަ ނޫނީ ޝުކުރުވެރިވާ މުއްސަނދިމީހާތަ؟ ކެތްތެރިވުމުގެ ތަޢުރީފަކީ ކޮބާ؟ އަދި ޝުކުރުވެރިވުމުގެ ތަޢުރީފަކީ ކޮބާ؟

ޖަވާބު: މުއްސަނދިކަމާއި ފަޤީރުކަމަށް ބަލާލާއިރު، އެދެކަމުގައި ކެތްތެރިޔާއާއި ޝުކުރުކުރާ މީހާވެސް ހިމެނެނީ މުއުމިނުންގެ ތެރެއިން މާތްމީހުންގެ ތެރޭގައެވެ. އެދެމީހުންގެ ތެރެއިން އެންމެ މާތް މީހަކީ އޭގެތެރެއިން އެންމެ ތަޤްވާވެރި މީހާއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ. إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ  الحجرات: ١٣  މާނަ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ މާތްކަންބޮޑީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިމީހާއެވެ.”

 ކެތްތެރިކަމުގެ ތަޢުރީފަކީ ހިތާމަވެރިނުވުމާއި މާޔޫސްނުވުމެވެ. ޝުކުރުވެރިވުމުގެ ތަޢުރީފަކީ ﷲ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުންކުރުމާއެކު އެއިލާހަށް ކިޔަމަންތެރިވުމެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއްތައުޙީދިގެ ކުރީގެ ލިޔުންތައް ވިދާޅުވުމަށް