31- ޝިރުކުގެ ވައްތަރުތަކަކީ ކޮބާ؟
ޖަވާބު: ޙާޖަތްތައް ފުއްދައިދިނުން އެދި މަރުވެފައިވާ މީހުންގެ ކިބައިން އެދުމާއި، އެމީހުންގެ ކިބައިން މަދަދަށް އެދުމާއި، ދިމާވާކަންތައްތަކުގައި މައްޔިތުންނާ ދިމާއަށް ދިޔުމަކީ ޝިރުކެކެވެ. މިއީ އެނގިހުރެ ކުރެވޭ ޝިރުކުގެ އަސްލެވެ. ހަމަކަށަވަރުން މަރުވެފައިވާ މީހާ އެވަނީ އޭނާގެ ޢަމަލުތައް ހުއްޓިފައެވެ. އޭނާއަށް އެޙާލުގައި އޭނާގެ ނަފްސަށް ފައިދާއެއްވެސް ހޯދައިގަތުމާއި އަދި ނަފްސަށް ގެއްލުމެއް ލިބޭނެ ކަމެއް ކުރުމުގެ ބާރެއްވެސް ނެތެވެ. އޭނާ، އޭނާގެ ކިބައިން އެހީއަށް އެދޭ މީހަކަށްވެސް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަދި އޭނާގެ ގާތުގައި، ﷲ ގެ ޙަޟްރަތުގައި “ތިމަންނާއަށް ޝަފާޢަތްތެރިވެދޭށޭ” ކިޔައި އެކަމަށް އެދުނު ކަމުގައިވިޔަސް އެކަމެއް ނުކުރެވޭނެއެވެ. އެފަދަ އެދުމެއް އެދުމުން ދޭހަވެގެންދަނީ ޝަފާޢަތްތެރިވުމަށް އެދޭ މީހާގެ ޖާހިލުކަމެވެ. އަދި އެއީ ޝަފާޢަތްތެރިވާނޭ ފަރާތްތަކާއި ޝަފާޢަތް އެބަޔަކަށް ލިބޭނެ ފަރާތްތަކަކީ ކޮބައިކަން އެމީހަކަށް ނޭނގޭކަމުގެ ދަލީލެކެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިޛްނައާނުލާ ޝަފާޢަތްތެރިނުވެވޭނެއެވެ. އަދި އެގޮތަށް މީހުންކައިރީގައި ޝަފާޢަތްތެރިވުމަށް އެދުމަކީ ޝަފާޢަތްތެރިވުމަށް އިޛްނަދެއްވާނޭ ސަބަބެއްކަމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ނުލައްވަވައެވެ. އަދި ހަމަކަށަވަރުންވެސް އެއިޛްނަ ދެއްވާ ސަބަބަކީ ތައުޙީދު ފުރިހަމަވުމެވެ. މި ޝިރުކުކުރާ މީހާ މިއައިސްފައިވަނީ މި އިޛްނަދެއްވުން މަނާކުރާ ސަބަބަކައިގެންނެވެ. އެއީ ޝިރުކުކުރުމެވެ.
ޝިރުކު ބެހެނީ ދެބަޔަކަށެވެ. އެއީ އެޝިރުކު ކުރުމުން މިއްލަތުން ބޭރުވެގެންވާ ޝިރުކު އާދެ ބޮޑު ޝިރުކު އާއި އެ ޝިރުކެއް ކުރުމުން މިއްލަތުން ބޭރުނުވާ ޝިރުކެވެ. މިއީ ކުޑަ ޝިރުކެވެ. މިސާލަކަށް ދެއްކުންތެރިކަމެވެ.
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =
ދަލާއިލުއްތައުޙީދިގެ ކުރީގެ ލިޔުންތައް ވިދާޅުވުމަށް