قَالَ الطَّحَاوِيُّ رحمه الله: “قَدِيمٌ بِلاَ ابْتِدَاءٍ، دَائِمٌ بِلاَ انْتِهَاءٍ”. ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެއިލާހީ ފެށުމެއްނުވާ ޤަދީމުވަންތަ އިލާހެވެ. އަދި ނިމުމެއްނުވާ ދާއިމުވަންތަ އިލާހެވެ.” _________________________________________________________________ ޝަރަޙަ: * އިމާމް ޠަޙާވީ ރަޙިމަހުﷲ މިޖުމްލައިން އަންގައިދޭން ބޭނުންވެވަޑައިގެންފައިވަނީ ޚަލްޤުކުރެވިފައިވާ އެންމެހާ ތަކެއްޗާ އެއްވައްތަރުވުމުން އެއިލާހާ ހުސްޠާހިރުވެގެންވާކަމެވެ. އެއިލާހީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ އަބަދަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އީމާމް ޠަޙާވީ ރަޙިމަހުﷲ ގެންނަވާފައިވާ “القَدِيمُ” އާއި “الدَّائِمُ” މިއީ ޤުރުއާނާއި ސުންނަތުގައި، ﷲގެ އިސްމުފުޅުތަކުގެ…