[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އާޔަތެއް ތަފްސީރުކުރުމުގައި ޢިލްމުވެރިން އިޖްމާޢުވުން ނުވަތަ ޚިލާފުވުން – 2

އަލްއިޖްމާޢުގެ އިޞްޠިލާޙީ މާނަ

  • ޝަރުޢީ ލިޔުންތަކުގައި الإِجْمَاع މި ލަފްޡު ޢާންމު ގޮތެއްގައި ބޭނުންކޮށްފައިވަނީ ފިޤުހު ޢިލްމުވެރިންގެ އިޞްޠިލާޙުގައި އިޖްމާޢު ބޭނުންކުރާ މާނައިގައެވެ.

 

މިގޮތުން:

  • އުޞޫލުލް ފިޤްހުގެ ޢިލްމުވެރިންގެ އަރިހުގައި އިޖްމާޢަކީ: މާތް ނަބިއްޔާ صلى الله عليه وسلم މި ދުނިޔައަށް އަލްވަދާޢު ކިޔުއްވުމަށް ފަހު، މިއުންމަތުގެ ކޮންމެވެސް ޒަމާނެއްގެ އެންމެހާ މުޖުތަހިދު ޢިލްމުވެރިން، ދީނީކަމެއްގެ މައްޗަށް އެއްބަސްވެވަޑައިގަތުމެވެ. [1]
  • އުޞޫލުއް ތަފްސީރުގެ ޢިލްމުވެރިންގެ އަރިހުގައި މުފައްސިރުންގެ އިޖްމާޢަކީ: ތަފްސީރު ޢިލްމުގެ އިތުބާރުހުރި ދަންނަބޭކަލުން ވަކި އާޔަތެއްގެ މާނައާމެދު ނުވަތަ ކީރިތި ޤުރުއާނާ ގުޅުންހުރި ކަމަކާ މެދުގައި އެއްބަސްވެވަޑައިގަތުމެވެ. އަދި އެއިން އެއްވެސް ޢިލްމުވެރިއެއްގެ މެދުގައި އެއާޔަތާމެދު ޚިލާފެއް އުފެދިފައި ނެތުމެވެ. [2]

 


 

[1] شرح مختصر الروضة للطوفي (3 / 5) .

[2] ضوابط القطعي من تفسير القرآن الكريم لمحمد محمد ياسين (2 / 86) وفصول في أصول التفسير لد. مساعد الطيار  (ص: 98).

 

އާޔަތެއް ތަފްސީރުކުރުމުގައި ޢިލްމުވެރިން އިޖްމާޢުވުން ނުވަތަ ޚިލާފުވުން – އެހެންބައިތައް