[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އާޔަތެއް ތަފްސީރުކުރުމުގައި ޢިލްމުވެރިން އިޖްމާޢުވުން ނުވަތަ ޚިލާފުވުން – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުގެ ތަފްސީރާއިމެދު ހުރިހާ ޢިލްމުވެރިން އެއްބަސްފުޅެއް ވިދާޅުވާތަން ފެންނާނެއެވެ. އެއީ އެފަދަ އާޔަތްތަކުގެ ތަފްސީރުގައި އެއްވެސް ބޭކަލެއްގެ އަރިހުގައި ތަފާތު ބަސްފުޅެއް ނުވާތީއެވެ. އަދި އެ އާޔަތް، އެ މާނައިގައި ތަފްސީރުކުރުމުގެ މައްޗަށް އެބޭކަލުން އެއްބަސްވެވަޑައިގަންނަވާތީއެވެ. ޢިލްމުވެރިން އިޖްމާޢު ވުމޭ ބުނެވޭ ބަހުގެ މާނައަކީ މިއެވެ.

އަދި އަނެއް ބައި އާޔަތްތައް ތަފްސީރުކުރުމުގައި 2 ރައުޔު ނުވަތަ 3 ރައުޔު ފެނިދާނެއެވެ. އަދި ބައެއް ފަހަރު އާޔަތެއް ތަފްސީރުކުރުމުގައި ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފުތައް އިތުރުވެ، އެއް އާޔަތެއްގެ މާނައިގައި 10 ވަރަކަށް ޤައުލު ރިވާވެގެން އައިސްފައި ހުރެދާނެއެވެ.

 

އަލްއިޖްމާޢުގެ ތަޢުރީފު:

އަލްއިޖްމާޢުގެ ލުޣަވީ މާނަ:

  • ޢަރަބި ބަހުގައި الإِجْمَاع މި ލަފްޡު މައިގަނޑު ދެ މާނައެއްގައި ބޭނުންކުރެވެއެވެ.
  • ކަމަކަށް ޢަޒުމުކަނޑައެޅުން.

މިސާލު: ޔޫސުފްގެފާނުގެ އަޚުންނާއިމެދު މާތް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿فَلَمَّا ذَهَبُوا بِهِ وَأَجْمَعُوا أَن يَجْعَلُوهُ فِي غَيَابَتِ الْجُبِّ﴾ [سورة يوسف: 15]

މާނައީ: “ފަހެ އެބައިމީހުން އެކަލޭގެފާނު ގޮވައިގެން ދިޔަ ހިނދު، އަނދިރި ވަޅަކަށް އެކަލޭގެފާނު ލުމަށް އެބައިމީހުން ޖަމާވިއެވެ.”

ތަފްސީރުލް ބަޣަވީއާއި ތަފްސީރުއް ސަޢުދީފަދަ ފޮތްތަކުގައި މިއާޔަތުގެ وَأَجْمَعُوا މާނަކުރެވިފައިވަނީ عزموا (ޢަޒުމުކަނޑައެޅުން) މި މާނައިގައެވެ. ހަމަ އެފަދައިން އިމާމް ޠަބަރީގެ ތަފްސީރުގައި މިފަދައިން އިޝާރާތްކުރައްވާފައިވެއެވެ.

  • އެންމެން ވަކިކަމަކަށް އެއްބަސްވުން.

ރާބުއިމާއި ޒިނޭކުރުމަކީ ޙަރާމްކުރައްވާފައިވާ ދެ ކަމެކެވެ. އެކަމުގެ މައްޗަށް އެންމެހާ ޢިލްމުވެރިން އިޖްމާޢުވެފައިވެއޭ ބުނެވެނީ މި މާނައިގައެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«إِنَّ اللَّهَ لَا يَجْمَعُ أُمَّتِي – أَوْ قَالَ: أُمَّةَ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – عَلَى ضَلَالَةٍ» [رواه الترمذي (2167) وصححه الألباني في صحيح الجامع (1848) وقد ورد معنى هذا الحديث بلفظ آخر أيضا (انظر: السلسلة الصحيحة للألباني (1331))]

“ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތް ނުވަތަ މުޙައްމަދު صلى الله عليه وسلم ގެ އުންމަތް، މަގުފުރެދުމެއްގެ މައްޗަށް ޖަމައެއް ނުވާނެއެވެ. (އެބަހީ: އެބައިމީހުން މަގުފުރެދުމެއްގެ މައްޗަށް އެއްބަހެއްނުވާނެއެވެ.)”

 


އާޔަތެއް ތަފްސީރުކުރުމުގައި ޢިލްމުވެރިން އިޖްމާޢުވުން ނުވަތަ ޚިލާފުވުން – އެހެންބައިތައް