[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަތުކުރި އޮޅައިގެން ނަމާދުކުރުމުގެ ޙުކުމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަތުކުރި އޮޅާލައިގެން ނަމާދުކުރުމުން، ނަމާދުގައި ހެދުން ބޮނޑިކުރުމަށް ކުރައްވާފައިވާ ނަހީގެ ތެރެއަށް އެކަން ވަދެގެން ދާނެ ހެއްޔެވެ؟ އަދި އެއީ ހެދުން ބޮނޑިކުރުންކަމުގައިވާނަމަ، އަތުކުރި އޮޅައިގެން ނަމާދަށް ވަނުމާއި ނަމާދުގެ ތެރޭގައި އެކަންކުރުން ޙުކުމުގައި ތަފާތު ހެއްޔެވެ؟ ނުވަތަ އެ ދެ ގޮތްވެސް އެކަމުގައި ހަމަހަމަ ހެއްޔެވެ؟

ޖަވާބު: ނަމާދުކުރާ އިރުގައި އަތުކުރި އޮޅުން ނުވަތަ ބޮނޑިކުރުން ހުއްދަވެގެން ނުވެއެވެ. [1] އެއީ ނަމާދުގެ ކުރިން އަތުކުރި އޮޅައިގެން ހުރެ ނަމާދަށް ވަންކަމުގައި ވިޔަސް ނުވަތަ ނަމާދުގެ ތެރޭގައި އެކަން ކުރިކަމުގައި ވިޔަސް މެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةٍ، لاَ أَكُفُّ شَعَرًا وَلاَ ثَوْبًا» [رواه البخاري (816)]

މާނައީ: “ހަތް ގުނަވަނެއްގެ މައްޗަށް ސަޖިދަކުރުން ތިމަންކަލޭގެފާނަށް ވަނީ އަމުރުކުރައްވާފައެވެ. [2] (އަދި) އިސްތަށިގަނޑު [3] ނުހިފެހެއްޓުމަށާއި (އެބަހީ: އިސްތަށިގަނޑު އައްސައިގެން ނަދާމު ނުކުރުމަށާއި) ހެދުން ނުހިފެހެއްޓުމަށެވެ.”

فتاوى اللجنة الدائمة (7 / 35).
____________________________

[1] އަތުރުކުރި އޮޅައިގެން ނަމާދުކުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. އެކަމުގެ މައްޗަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާކަމަށް ނަވަވީ رحمه الله ވިދާޅުވިއެވެ. (ބައްލަވާ: شرح النووي على صحيح مسلم (4 / 209)).

[2] އެ ހަތް ގުނަވަން ނުވަތަ ހަތް ކަށިކޮޅުގެ ވާހަކަ އެހެން ޙަދީޘެއްގައި ވެއެވެ. އެއީ: ނިތްކުރިއާއި ނޭފަތް، ދެ އަތްތިލަ، ދެ ކަކޫ، ދެފައި ތިލައިގެ އިނގިލިތަކުގެ ކޮޅެވެ. (ބައްލަވާ: صحيح البخاري (812)).

[3] އިސްތަށިގަނޑު އައްސައިގެން ނަމާދުކުރުން ނަހީވެގެންވަނީ ފިރިހެނުންނަށެވެ. މިއީ ފިރިހެނުންނަށް ޚާއްޞަ ޙުކުމެކެވެ. (ބައްލަވާ: نيل الأوطار للشوكاني (2 / 393)).