ސުވާލު: ނަމާދުގައި އަތްފުއުފުލަން ޖެހޭގޮތް އެނގެން ބޭނުމެވެ. އަތްއުފުލުގެ ޞައްހަގޮތަކީ ކޮބައިކަން ބަޔާންކޮށްދެއްވުން އެދެމެވެ.
ޖަވާބު:
الحمد لله
ނަމާދުކުރާ މީހާ ނަމާދުގައި ހަތަރު މަޤާމެއްގައި އަތްއުފުލުން ސުންނަތް ވެގެންވެއެވެ.
އެއީ ނަމާދަށް ފަށައިގަންނަމުން ﷲ އަކްބަރު ކިޔުމާއި އެކުގަޔާއި(1)، ރުކޫޢަށް ދަމުންނާއި (2)، ރުކޫޢިން ތެދުވަމުންނާއި(3)، ފުރަތަމަ އައްޔަހިއްޔާތު ނިންމާފައި (ތިންވަނަ ރަކުޢަތަށް ތެދުވާއިރުގައި) ތެދުވެފައެވެ. (4).
فعن ابن عمر رضي الله عنهما عن النبي صلى الله علية وسلم أنه كان : إذا دخل في الصلاة ، كبر ورفع يديه ، وإذا ركع رفع يديه ، وإذا قال : سمع الله لمن حمده رفع يديه ، وإذا قام من الركعتين رفع يديه . رواه البخاري 2/222 وأبو داود1/197 .
އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދަށް ފަށާނަމަ ތަކްބީރުކިޔުމާއެކުގައި ދެއަތް ނަންގަވައެވެ. އަދި ރުކޫ ކުރާހިނދުގައިވެސް ދެއަތްނަންގަވައެވެ. އަދި سمع الله لمن حمده ކިޔުމާއި އެކު (ރުކޫޢުން ތެދުވެފައި)ވެސް ދެއަތް ނެންގަވައެވެ. އަދި ދެވަނަ ރަކުޢަތުން ތެދުވާހިނދުވެސް(ތިންވަނަ ރަކުޢަތަށް ފަށާއިރުވެސް) ދެއަތް ނެންގެވިއެވެ.” (ބުޚާރީ އަދި އަބޫދާވޫދު)
(وإذا قام من الركعتين) ޙަދީޘްގައިވާ މިބަސްފުޅުގެ މާނައަކީ ފުރަތަމަ އައްތަހިއްޔާތުން ތެދުވާ ހިނދުގެ ވާހަކައެވެ.
ދެއަތް ނެގުން ސުންނަތް ވެގެންވަނީ ކޮނޑާއި ހިސާބަށް ނުވަތަ ދެކަންފަތުގެ ފޫޅުގަނޑާއި ހިސާބަށެވެ. އިތުރު ތަފްޞީލަށް العيني في العمدة 5/7 ، شرح مسلم للنووي 4/95 ، صفة صلاة النبي للألباني 87 ބަލާށެވެ.
والله تعالى أعلم
ނިމުނީ
މަސްދަރު: އިސްލާމް ކިޔުއޭ، ލިންކު ( އިނގިރޭސި ބަހުން) ( ޢަރަބި ބަހުން)
وصلى الله وسلم علي نبينا محمد و على آله و صحبه.