[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ﷲގެ އިސްމުފުޅުތައް ހިމެނޭ ކަރުދާސްތަކާމެދު ޢަމަލުކުރަންވީގޮތް

އަޅުގަނޑުގެ ވަޡީފާގެ ގޮތުން އަޅުގަނޑުގެ ބެލުމުގެދަށުގައި ﷲގެ އިސްމުފުޅުތައް ހިމެނޭ ކަރުދާސްތަކެއްވެއެވެ. އެފަދަ ކަރުދާސްތަކާމެދު ޢަމަލުކުރުން ވާޖިބުވެގެންވާ ގޮތަކީ ކޮބާތޯއެވެ؟

 

 

ﷲގެ އިސްމުފުޅުތައް ހިމެނޭ ކަރުދާސްތަކަށް ރައްކާތެރިވުން ވާޖިބުވެގެންވެއެވެ. އަދި އެއަށް އިޙްތިރާމް ކުޑަކުރެވޭފަދަ ކަންތައްތަކުން ހިމާޔަތްކުރަންޖެހެއެވެ. އެއީ އެކަރުދާސްތަކުގެ ބޭނުންކޮށް ނިމއްޖައުމަށް ދާންދެނެއެވެ.

ފަހެ އޭގެ ބޭނުންކޮށްނިމި އިތުރަށް އެތަކެތީގެ ބޭނުމެއް ނުވާނަމަ، އެތަކެތި ޠާހިރުތަނެއްގައި ވަޅުލާނީއެވެ. ނުވަތަ އަންދާލާނީއެވެ. ނުވަތަ އެތަކެތީގެ އިޙްތިރާމް ކުޑަނުކޮށް ރަނގަޅަށް ރައްކާކުރެވޭނެ އަލަމާރިއެއް ނުވަތަ ހަރެއްފަދަ ތަނެއްގައި ބަހައްޓާނީއެވެ.

والله المستعان.

 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله

______________________________________

 މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު (ޢަރަބި)