ސެންޓުވަސްދުވާ ޓީޝޫ ބޭނުންކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
الحمد لله
ސެންޓުވަސްދުވާ ޓިޝޫގައި (ސެންޓުގެ)ތެތްކަންވާނަމަ، އަދި އަތުގައި ހޭކޭފަދަ ތެތްކަމެއް ހުންނަ މީރުވަސްދުވާ އެއްޗެއްވާނަމަ ފަހެ މުޙްރިމުންނަށް(1) އެ ބޭނުންކުރުން ހުއްދަވެގެންނުވެއެވެ.
ނަމަވެސް އެއީ (ތެތްކަމެއްނުވާ) ހިކިއެއްޗެއްނަމަ އަދި އޭގައި ހުންނަނީ ހަމައެކަނި އޭގެން ނުކުންނަ ވަހެއްނަމަ މައްސަލައެއްނެތެވެ. މިޘާލެއްގެ ގޮތުން ނަޢްނާ(2) އަދި އާފަލުގަދުވާފަދަ ވަހެއްނަމަވެސް ފަހެ އެއީ މައްސަލައެއްނޫނެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمه الله
“مجموع فتاوى ابن عثيمين” (22/ 155) .
____________________________________
1 މުޙްރިމުންނަކީ: ހައްޖަށް ނުވަތަ ޢުމްރާއަށްޓަކައި ނިޔަތްގަތުމަށްފަހު އިޙްރާމުގައި ތިބޭ މީހުންނެވެ.
2 ނަޢްނާއަކީ: އާވި ވަހެއްދުވާ ފަތެކެވެ.
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2 (އިނގިރޭސި)