[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ނިޔަފަތީގެ ދަށުގައިވާ ހަޑީގެ ސަބަބުން ވުޟޫ ޞައްޙަވުން މަނާވެދާނެތަ؟

ނިޔަފަތީގެ ދަށުގައި ހުންނަ ހަޑީގެ ސަބަބުން ވުޟޫ ޞައްޙަވުން މަނާވެދާނެ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وبعد :

ސާޅީސް ދުވަސްވުމުގެ ކުރިން ނިޔަފަތިކެނޑުން ވާޖިބުވެގެންވެއެވެ. އެހެނީ ނިޔަފަތި ކެނޑުމަށާއި ކުރިމަތީފަރާތު އިސްތަށިތައް ބޭލުމަށާއި ކިހިލިފަތްދަށުގައިވާ އިސްތަށިއުފުރުމަށާއި އަދި މަތިމަސްކުރުކުރުމަށް، ރަސޫލާ صلى الله عليه وسلم މީސްތަކުންނަށް ވަޤުތު ކަނޑައަޅުއްވާފައިވަނީ ސާޅީސްދުވަހެއެވެ. އެއީ ސާޅީސްދުވަހަށްވުރެ އިތުރަށް އެކަންތައްތައްނުކޮށް ދޫނުކޮށްލުމަށެވެ.1 މިފަދައިން ޞަޙީޙު މުސްލިމުގައި (258) ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވެއެވެ.

ފަހެ ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ވާޖިބުވެގެންވަނީ މިކަންކަމަށް ސަމާލުވުމެވެ. އަދި ނިޔަފައްޗާއި މަތިމަހާއި ކުރިމަތިފަރާތުގެ އިސްތަށިތަކާއި އަދި ކިހިލިފަތްދަށުގެ އިސްތަށިތައް ސާޅީސްދުވަހަށްވުރެ އިތުރަށް ދޫކޮށްނުލުމެވެ.

އަދި ނިޔަފަތީގެ އަޑީގައި ހަޑިއެއްހުރިނަމަވެސް ވުޟޫ ޞައްޙަވާނެއެވެ. ބާޠިލެއްނުވާނެއެވެ. އެހެނީ އެއީ ޢަފޫކުރެވިގެންވާ މަދުމިންވަރެކެވެ.

ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله

مجموع فتاوى ومقالات متنوعة لسماحة الشيخ ابن باز رحمه الله (10 / 50)

______________________________________

1 މިކަންކުރުމުގެ އެންމެ ކުރުމުއްދަތު ޞަރީޙަދަލީލަކުން ޘާބިތުވެފައިވާކަން އެނގޭކަށްނެތެވެ. ނަމަވެސް ޙާޖަތްޖެހޭ މިންވަރުން މިކަންކަންކުރުން އެދެވިގެންވެއެވެ. އެހެނީ އެކިމީހުންގެ ހަށިގަނޑުގައި މިތަކެތި ދިގުވާ މުއްދަތު ތަފާތެވެ. ބައެއްމީހުން ހަފްތާއަކު އެއްފަހަރަކު މިކަންކަންކުރަންޖެހޭއިރު އަނެއްބަޔަކު ދިހަދުވަހުން އެއްފަހަރުމިކަންތައްތައް ކުރަން ޖެހިދާނެއެވެ.

މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2 (އިނގިރޭސި)