[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ދެވަނަބުރިއާއި ތިންވަނަބުރީގައި ސަޢްޔުކުރާމީހުން، ޞަފާއާއި މަރުވާގެ ޤުއްބުގެ ވަށައިގެން ހިނގުމަކީ ލާޒިމުކަމެއްނޫން

ދެވަނަ ބުރީގަ ނުވަތަ ޓެރަސްގަ ސަޢްޔުކުރާއިރު ޞަފާއާއި މަރުވާގެ ޤުއްބުގެ ވަށައިގެން ހިނގުމަކީ ލާޒިމުކަމެއް ހެއްޔެވެ؟ ނުވަތަ އެއީ ލާޒިމުކަމެއް ނޫން ހެއްޔެވެ؟ އެހެނީ އެތާ ވަށައިގެން ހިނގާއިރު ބައިބޯވެ ތޮއްޖެހޭތަން ފެނެއެވެ.

ޞަފާއާއި މަރުވާގެ ޤުއްބުގެ ވަށައިގެން ހިނގުމަކީ ލާޒިމުކަމެއްނޫނެވެ. އެހެނީ ވާޖިބުވެގެންވަނީ ފުރޮޅުލީ ގޮނޑިތައް ގެންދިއުމަށް ހަދާފައިހުންނަ މަގު ނިމޭ ހިސާބަށް ސަޢްޔުކުރުމެވެ. އަދި ފުރޮޅުލީ ގޮނޑިތައް ގެންދާމަގު ނިމެނީ (ޤުއްބުގެ( ވަށައިގެން ހިނގާތަނުގެ ކުރިންނެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمه الله
مجموع فتاوى ابن عثيمين (22/ 437، 438) .

_______________________________

މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2 (އިނގިރޭސި)