ބައެއްމީހުން [އެބަހީ: ފިރިހެނުން] އިޙްރާމްހެދުން ހިފެހެއްޓުމުގެ ގޮތުން ޕިން ނުވަތަ ދަތި ޖަހައެވެ. އަދި ހެދުމެއްފަދައިން ބައެއްމީހުން އިޙްރާމު ގުޅުވާލައެވެ. މިކަމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟
الحمد لله.
އެންމެ އައުލާކަން ބޮޑުގޮތަކީ އޭނާގެ ރިދާއަށް (1) ދަތިނުޖެހުމެވެ. (2) އަދި ކިއެއްހެއްޔެވެ. އޭނާގެ ދެކޮނޑުމަތީ އެބާއްވާނީއެވެ.
ނަމަވެސް ކައްކާއެއްގޮތުގައި ނުވަތަ ވޭޓަރެއް ނުވަތަ އެފަދަ މަސައްކަތެއްކުރާމީހަކު އެ(ފޮތިގަނޑު) ހިފެހެއްޓުމުގެ ގޮތުން ދައްޗެއް ޖެހިއަސް އެއީ މައްސަލައެއްނޫނެވެ.
ސުވާލުގައި އިޝާރަތްކުރެވިފައިވާފަދައިން ކަރުން ފެށިގެން ފޫޅާ ހަމައަށް ގަމީހެއްފަދައިން ދަތިޖެހުމާ ބެހޭގޮތުން ދަންނައެވެ. ފަހެ މިކަން ހުއްދަވާނޭކަމާމެދު އަޅުގަނޑު ޝައްކުކުރަމެވެ. އެހެނީ އެފަދައިން ކަންކުރުމުން ގަމީހަކާ ވައްތަރުވާތީއެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ އިޙްރާމުގައި ތިބޭމީހުންނާ ބެހޭގޮތުން ޙަދީޘްކުރައްވާފައިވެއެވެ :
(لَا يَلْبَسِ القَمِيْصَ)
މާނައީ: “އޭނާ ގަމީސް ނުލާހުށިކަމެވެ.”
ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمه الله
“مجموع فتاوى ابن عثيمين” (22/ 135، 136) .
_______________________________________
1ރިދާއަކީ: ފިރިހެނުން އިޙްރާމްބަންނައިރު ހަށިގަނޑުގެ މަތީބައިނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑެވެ.
2 އިޙްރާމުގައި ހުންނައިރު ދަތިނުޖެހުމަކީ ފިރިހެނުންނަށް ޚާއްޞަކަމެކެވެ.
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2 (އިނގިރޭސި)