[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ރުޤްޔާކުރާއިރު ވަކިކަމަކަށް ވަކި އާޔަތެއް ވަކި ޢަދަދަކަށް ކިޔުމަށް ޚާއްޞަކުރުން

އަދިވެސް ޝަރުޢީ ރުޤްޔާބެހޭގޮތުން އަޅުގަނޑު ތިޔަބޭފުޅުންނާ ސުވާލެއްކުރާނަމެވެ. ކޮންމެ ވައްތަރެއްގެ ޙާލަތަކަށް، ބައެއް އާޔަތްތެއް ވަކި ޢަދަދަކަށް ކިޔުމަށް ޚާއްޞަކުރެވިދާނެހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ މިޘާލަކަށް މިވަނި ނަންބަރު އާޔަތެއް (2001) ފަހަރު އަދި އެނޫންވެސްއެވެ.

ޖަވާބު: ޝަރުޢީ ރުޤްޔާވަނީ ޤުރުއާނުންނާއި އަދި ޝަރުޢީ ދުޢާތަކުންނެވެ. އާޔަތެއް ނުވަތަ ދުޢާއެއްވިޔަސް ވަކި ޢަދަދަކަށް ކިޔުމަށް ކަނޑައެޅުމަށް ދަލީލެއް ބޭނުންވާނެއެވެ. އެކަމުގައި އަޅުގަނޑުމެންނަށް ދަލީލެއް އިނގިފައެއްނުވެއެވެ. ނަމަވެސް ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ދުޢާއެއްކުރައްވާނަމަ ބައެއްފަހަރު ތިންފަހަރު ތަކުރާރުކުރައްވައެވެ.

 ފަހެ ޢާއިޝަ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ  صلى الله عليه وسلم ކޮންމެ ރެއަކުވެސް ތަންމަތީގައި އޮށޯވެ ދެއަތްޕުޅު ޖަމާކުރެއްވުމަށްފަހު އެއަށް  نَفَث(1) ކުރައްވައެވެ. ފަހެ ( قل هو الله أحد ) ( قل أعوذ برب الفلق ) ( قل أعوذ برب الناس ) އެއަށް ކިޔުއްވައެވެ. އެއަށްފަހު ވީވަރަކުން ހަށިގަނޑުގައި ދެއަތް ހިންގަވާލައްވައެވެ. ފައްޓަވަނީ ބޮލުންނާއި މޫނުންނެވެ. އަދި ހަށިގަނޑުގެ ކުރިމަތީގައިވާ ގުނަވަންތަކުންނެވެ. [ އެބަހީ: މެއާއި ބަނޑުފަދަ ގުނަވަންތަކުންނެވެ.]  އެފަދައިން ތިންފަހަރު ކުރައްވައެވެ.

ސުޢޫދީ ޢަރަބިއްޔާގެ ޢިލްމީ ދިރާސާތައްކޮށް ފަތުވާދޭ ދާއިމީ ކޮމިޓީ

بكر أبو زيد ، صالح الفوزان ، عبد الله بن غديان ، عبد العزيز آل الشيخ ، عبد العزيز بن عبد الله بن باز.
( الجزء رقم : 1، الصفحة رقم: 210)

__________________________________________________

1 نفث ކުރުމަކީ: އަނގައިންފުމުމެވެ. التفل އާއި نفث ގެ ތަފާތަކީ التفل ކުރާއިރު ކުޅުއަންނާނެއެވެ. ނަމަވެސް نفث ކުރާއިރު ކުޅުއައުން އެއީ ލާޒިމުކަމެއްނޫނެވެ. އަދި نفخ ކުރާއިރު އެއްގޮތަކަށްވެސް ކުޅުނާންނާނެއެވެ. ބައްލަވާ تاج العروس من جواهر القاموس

މިފަތުވާގެ އަޞްލުބައްލަވާ : ލިންކު