[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޠަވާފާއި ސަޢުޔުގެ ކޮންމެ ބުރެއްގައި ކިޔާނެ ޚާއްޞަ ދުޢާއެއް ނުވޭ

ޠަވާފާއި ސަޢުޔުގެ ކޮންމެ ބުރެއްގައި ޚާއްޞަ ދުޢާއެއް ކިޔުމުގެ ޙުކުމަކީ ކޮބާ؟

الحمد لله

“ކޮންމެ ބުރެއްގައި ކިޔުމަށް ޚާއްޞަ ދުޢާއެއްނުވެއެވެ. އަދި ކިއެއް ހެއްޔެވެ. ކޮންމެ ބުރެއްގައި ވަކި ދުޢާއެއް ކިޔުމަށް ޚާއްޞަކުރުމަކީ ބިދުޢައެކެވެ. އެހެނީ އެކަމަކީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ކަމަކަށް ނުވާތީއެވެ.

އެކަމުގައި އައިސްފައިވާހާވެސް އެއްޗަކީ ޙަޖަރުލް އަސްވަދުގައި އިސްތިލާމުކުރާއިރު ތަކްބީރުކިޔުމާއި ރުކްނުލް ޔަމާނީއާއި ޙަޖަރުލް އަސްވަދާއިދެމެދު (رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) البقرة/201

މާނައީ:”އަޅަމެންގެ ރައްބެވެ. އަޅަމެންނަށް ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވާނދޭވެ. އަދި ނަރަކައިގެ ޢަޛާބުން މިންޖުކުރައްވާނދޭވެ.” މިފަދައިން ކިޔުމެވެ.

ދެން އޮންނާނީ އާންމުކޮށް ކިޔާ އެކިއެކި ޛިކުރުތަކާއި ކީރިތި ޤުރުއާން ކިޔެވުމާއި ދުޢާކުރުމެވެ. އެއީ އެއިން ކަމެއް އެއްވެސް ބުރަކަށް ޚާއްޞަކުރުމަކާ ނުލައެވެ.”

ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙުލް ޢުޘައިމީން رحمه الله
“مجموع فتاوى ابن عثيمين” (22/ 336، 337) .

________________________________________________

މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2(އިނގިރޭސި)