[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޠަވާފުނިންމާއިރު الله أكبر ކިޔުން

ޠަވާފުކުރަންފެށިއިރު ޙަޖަރުލް އަސްވަދާ އަރާހަމަވުމުން الله أكبر ކީ ފަދައިން ޠަވާފުކޮށް ނިމޭބުރުގައިވެސް الله أكبر ކިޔަންޖެހޭ ހެއްޔެވެ؟

الحمد لله

ކަޢުބާވަށާ ޠަވާފުކުރުމަކީ ޚާލިޞު އަޅުކަމެކެވެ. އަޅުކަންތަކުގެ އަޞްލަކީ ދަލީލެއްނުލިބި އެކަމެއްނުކުރުމެވެ.

އަދި ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވަނީ އެކަލޭގެފާނު ޠަވާފުކުރެއްވިއިރު ޙަޖަރުލް އަސްވަދާއި އަރާހަމަވާ ކޮންމެ ފަހަރަކު ތަކުބީރުކިޔުއްވާކަމެވެ. ޝައްކެއްވެސްނެތް ގޮތުގައި ޠަވާފުކުރާމީހާ ހަތްވަނަބުރު ޠަވާފުކޮށްނިމޭއިރުވެސް ޙަޖަރުލް އަސްވަދާ އަރާހަމަވާނެއެވެ. ފަހެ އެހެންވެ ސުންނަތްވެގެންވަނީ [ފަހުބުރު ނިންމާލަމުންވެސް] ތަކުބީރުކިޔުމެވެ. އެއީ ކޮންމެ ބުރެއް ފެށުމުގައިވެސް އެއާ އަރާހަމަވުމުން ތަކުބީރު ކީފަދައިންނެވެ. އެކަންކުރަނީ ރަސޫލާ صلى الله عليه وسلم ތަބާވުމުގެ ގޮތުންނެވެ. އަދި ހަމައެއާއެކު ލުއިފަސޭހަވެގެންވާނަމަ ޙަޖަރުލް އަސްވަދަށް އިސްތިލާމުކޮށް ބޮސްދޭހުށިކަމެވެ.

 وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم .

ސުޢޫދީ ޢަރަބިއްޔާގެ ޢީލްމީ ދިރާސަށްތައްކޮށް ފަތުވާދޭ ދާއިމީ ކޮމިޓީ

 ( فتاوى اللجنة 11/224)

____________________________________

މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2(އިނގިރޭސި)