ޠަވާފުލް އިފާޟާ ފަސްކޮށްފައި އެއަށްފަހު ވަދާޢުއަށާއި އިފާޟާއަށް އެންމެ ޠަވާފެއްކޮށްފައި، މައްކާއިން ފުރުން ހުއްދަވާނެ ހެއްޔެވެ؟
الحمد لله
އާއެކެވެ. ޠަވާފުލް އިފާޟާ ފަސްކޮށް، އެއަށްފަހު އިފާޟާއަށާއި ވަދާޢުއަށް އެއްޠަވާފުކުރުމުން ފުދޭނެއެވެ.
ނަމަވެސް މޮޅުއިތުރުގޮތަކި ދެޠަވާފުކުރުމެވެ. އެއީ އިފާޟާއަށް ޠަވާފެއް އަދި ވަދާޢުއަށް ޠަވާފެކެވެ.
އަދި މިއަށްވުރެއްވެސް ފުރިހަމަވެގެންވަނީ ޢީދު ދުވަހުގެ ޠަވާފުލް އިފާޟާކުރުމެވެ. އެއީ ޖަމްރާތަކަށް ހިލައުކާ، ހަދުޔުކަތިލާ، އަދި ބޯބާލައި ނުވަތަ ކޮށުމަށްފަހުއެވެ. ދެން މައްކާއިން ފުރަން ބޭނުންވުމުން ވަދާޢުގެ ޠަވާފުކުރާނީއެވެ. ނަބިއްޔާ صلى الله عليه وسلم ޢަމަލުކުރެއްވީ މިފަދައިންނެވެ.
އަދި ހަމަކަށަވަރުން އައްޝައިޙް އިބްނު ބާޒް އާ މިމަސްއަލައާ ބެހޭގޮތުން ސުވާލުދެންނެވުމުން ވިދާޅުވިއެވެ.
“އެކަމުގައި މައްސަލައެއްނެތެވެ. މީހަކު ޠަވާފުލް އިފާޟާ ފަސްކޮށްފައި ފަހެ ޖަމްރާތަކަށް ހިލައުކާ ހުރިހާކަމެއްކޮށްނިމި، ފުރަން ޢަޒުމުކޮށް ފުރަންވީމާ ޠަވާފުލް އިފާޟާކޮށްފިނަމަ އެ ޠަވާފުލް ވަދާޢުއަށްވެސް ފުދޭނެއެވެ. އަދި އެދޭތި އަދާކޮށްފިނަމަ- ޠަވާފުލް އިފާޟާއާއި ވަދާޢު – އެއީ ހެޔޮކަމުގެ މައްޗަށް އޮތް ހެޔޮކަމެކެވެ.
ނަމަވެސް އެއްޠަވާފުކޮށްފައި އެއީ ޙައްޖުގެ ޠަވާފުކަމަށް ނިޔަތްގަތުމުންވެސް އެ ފުދޭނެއެވެ.”
ސަމާޙަތްޝައިޙު ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله
فتاوى ابن باز (17/332) .
___________________________________
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2(އިނގިރޭސި)