ޠަވާފުލް އިފާޟާކުރެވޭ އެންމެ ފަހު ވަޤުތަކީ ކޮބާ ހެއްޔެވެ؟
الحمد لله
ޠަވާފުލް އިފާޟާ ފެށޭ ވަޤުތަކީ ނަޙުރުވިލޭރޭ ދެބައިވުމުންނެވެ. އެއީ ބަލިމީހުންނާއި އެމީހުންގެ ޙުކުމުގައިވީ މީހުންނަށެވެ.2
އޭގެ ފަހު ވަޤުތަކީ ކަނޑައެޅިފައިވާ ވަޤުތެއްނޫނެވެ. ނަމަވެސް އައުލާވެގެންވަނީ ކުޅަދާނަކަން ލިބިގެންވީ އެންމެ އަވަހަކަށް ޙައްޖުވެރިޔާ ޠަވާފުލް އިފާޟާކުރުމެވެ. އެއީ އޭނާގެ ނަފްސަށް ދަތިނުވާނެފަދަ ގޮތަކަށެވެ. އަދި ޠަވާފުކުރާ ސަރަޙައްދުގައި މީހުންމަދު ވަޤުތުތަކަށް ސަމާލުކަންދޭށެވެ. އެއީ މީސްތަކުންނަށް ދަތިކުރުމުން ދުރުހެލިވެ، އަދި ދަތިކަން ޙާޞީލުވުމުން ދުރުހެލިވުމަށްޓަކައެވެ.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم .
ސުޢޫދީ ޢަރަބިއްޔާގެ ޢީލްމީ ދިރާސަށްތައްކޮށް ފަތުވާދޭ ދާއިމީ ކޮމިޓީ
اللجنة الدائمة للبحوث العلمية والإفتاء (فتاوى اللجنة 11/227).
______________________________________________
1 ނަޙުރުގެ ދުވަހަކީ ހައްޖުމަހުގެ 10ވަނަދުވަހެވެ. ނަޙުރުވިލޭރެއަކީ ހައްޖުމަހުގެ ނުވަވަނަ ދުވަހުގެ ރޭގަނޑެވެ.
2 ގަދަވެސަލާމަތުން ތިބިމީހުންނަށް ސުންނަތްވެގެންވަނީ 10ވަނަ ދުވަހު ޖަމްރާއަށް ހިލައުކުމަށްފަހު، ހަދުޔުކަތިލާފައި، ދެން ބޯބާލައި ނުވަތަ ކޮށުމަށްފަހު ޠަވާފުލް އިފާޟާކުރުމެވެ.
މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި) ، ލިންކު2(އިނގިރޭސި)