[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހޮނިހިރުދުވަހު ރޯދަހިފުން

ރަމަޟާންމަސް ނޫން އެހެން މަސްތަކުގައި ހޮނިހިރުދުވަހު ރޯދަހިފުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ [ހޮނިހިރުދުވަސް]ޢަރަފާތު ދުވަހާ ދިމާވިނަމަ ކަންތައްކުރާނީ ކިހިނެތް ހެއްޔެވެ؟

الحمد لله

ހަމައެކަނި ހޮނިހިރުދުވަހު ރޯދަހިފުން މަކުރޫހަވެގެންވެއެވެ. އެއީ އައްތިރްމިޛީއާއި (٧٤٤) އަބޫދާވޫދާއި (٢٤٢١) އަދި އިބްނުމާޖާ (١٧٢٦) ރިވާކުރެއްވިއެވެ. ޢަބްދުﷲ ބުން ބުސްރު އެކަލޭގެފާނުގެ އުޚްތުގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ.

(( لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلا لِحَاءَ عِنَبَةٍ ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ ))[ صححه الألباني في “الإرواء” (960) وقَالَ أَبُو عِيسَى الترمذي : هَذَا حَدِيثٌ حَسَنٌ ]

މާނައީ: ” ތިޔަބައިމީހުން ހޮނިހިރުދުވަހު ރޯދަނުހިފާށެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރެވިފައިވާ ރޯދަފިޔަވައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މޭބިސްކަދަރުގެ ތޮށިކޮޅެއް ނުވަތަ ގަހަކުން ދަނޑިކޮޅެއް ފިޔަވާ އެހެންއެއްޗެއް ނުލިބުނުނަމަވެސް، ފަހެ އެ ހަފާށެވެ.”

އަދި ( لحاء عنبة ) އަކީ މޭބިސްކަދުރުގެ ވަށައިގެންވާ ތޮށްޓެވެ.

އަދި ( فليمضغه ) [މާނަ: ފަހެ ހަފާށެވެ.] މިއީ ރޯދަދޫކޮށްލުމަށް ބާރު އެޅުމުގެ ގޮތުން އޮތް ޢިބާރާތެކެވެ.

އަދި އިބްނު ޤުދާމާ رحمه الله “އަލްމުޣްނީ”(٣/٥٢) އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ.

“އަޅުގަނޑުމެންގެ މަޛްހަބުގެ ބޭކަލުން ވިދާޅުވެފައިވެއެވެ: ރޯދަހިފުމުގައި ހަމައެކަނި ހޮނިހިރުދުވަހު އެކަނި ރޯދަހިފުން މަކްރޫހަވެގެންވއެވެ… އަދި މަކްރޫހަވެގެންވަނީ އެދުވަހު އެކަނި ހިފުމެވެ. ފަހެ އެދުވަހާ ވިދިގެން އެހެންދުވަހަކު ހިފާނަމަ މަކްރޫހަވެގެންނުވެއެވެ. އެއީ އަބޫ ހުރައިރާއާއި ޖުވައިރާ [رضي الله عنهما ރިވާކުރައްވާފައިވާ] ޙަދީޘްގެ ސަބަބުންނެވެ. ނަމަވެސް މީހަކު އާދަވެގެންހިފާ ރޯދައަކާ ދިމާވެއްޖެނަމަ މަކްރޫހަވެގެންނުވެއެވެ.” ‘

އަބޫ ހުރައިރާގެ ޙަދީޘް’ކަމަށް އެކަލޭގެފާނު [އެބަހީ: އިބްނު ޤުދާމާ رحمه الله]އެ ވިދާޅުވާ ޙަދީޘްގެ މުރާދަކީ އިމާމް ބުޚާރީ (١٩٨٥) އާއި މުސްލިމް (١١٤٤) އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވާ އަންނަނި ޙަދީޘްއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެހީމެވެ.

(( لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه )).

މާނައީ: “ތިޔަބައިމީހުންގެ ތެރެއިންމީހަކު ހުކުރުދުވަހު ރޯދަނުހިފާހުށިކަމެވެ. އެއީ އެދުވަހުގެ ކުރިން ނުވަތަ ފަހުން ރޯދަނުހިފާނަމައެވެ.”

ޖުވައިރާ رضي الله عنها ރިވާކުރައްވާފައިވާ ޙަދީޘްއަކީ: އިމާމް ބުޚާރީއާއި ޖުވައިރާ ބިންތިލް ޙާރިޘް رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްއެވެ.

أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : (( أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي)) .

އެކަމަނާ ހުކުރުދުވަހަކު ރޯދައަށް ހުންނަވަނިކޮށް އެކަމަނާގެ އަރިހަށް ނަބިއްޔާ صلى الله عليه وسلم ވެދެވަޑައިގަތެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. “ކަމަނާ އިއްޔެ ރޯދައަށް ހުންނެވިން ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މާދަމާ ރޯދައަށް ހުރުމަށް ކަމަނާ ބޭނުންވެވަޑައިގަންނަވަންތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ ކަމަނާ ރޯދަ ދޫކޮށްލައްވާށެވެ.”) .

ފަހެ މިޙަދީޘްއާއި އިސްވެދިޔަ ޙަދީޘްއިން ޞަރީޙަކޮށް ދަލީލުކުރަނީ ރަމަޟާންމަހު ނޫނަސް ހޮނިހިރުދުވަހު ރޯދަހިފަން ހުއްދަކަމެވެ. އެއީ ހުކުރުދުވަހު ރޯދަހިފިމީހަކަށެވެ. އަދިވެސް ބުޚާރީއާއި މުސްލިމުގެ ޘާބިވެފައިވެއެވެ.

ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(( أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ كان َيَصُومُ يَوْمًا وَيُفْطِرُ يَوْمًا )).

މާނައީ:” ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑީ ދާވޫދުގެފާނުގެ ރޯދައެވެ. އެކަލޭގެފާނު އެއްދުވަހު ރޯދަހިއްޕަވާފައި އަނެއްދުވަހު ރޯދައަށް ނުހުންނަވައެވެ. ހަމަޔަޤީނުންވެސް މިފަދައިން ކަންކުރުމުން ހޮނިހިރުދުވަހު އެކަނި ރޯދަހިފުމަށް މެދުވެރިވާނެއެވެ. މީގެން ނެގޭ ޙުކުމަކީ އާދަވެގެން ހިފާ ރޯދައަކާ ހޮނިހިރުދުވަހާ ދިމާވުމުން، މިޘާލަކަށް: ޢަރަފާތުދުވަސް ނުވަތަ ޢާޝޫރާދުވަސް ފަހެ އެދުވަހު ރޯދަހިފުން އެއީ މަކްރޫހަކަމެއްނޫންކަމެވެ. އެއީ އެދުވަހު އެކަނި ރޯދަހިފިނަމަވެސްއެވެ.

‘އަލްފަތުޙުލް ބާރީ’ އޭ ކިޔުނު ފޮތުގައި އަލްޙާފިޡް [އިބްނު ޙަޖަރު] ވިދާޅުވެފައިވެއެވެ:

“ވަކިދުވަހެއްގައި އާދަވެގެން ރޯދަހިފާމީހަކަށް، މިޘާލަކަށް: ޢަރަފާތުދުވަސް، ފަހެ އެދުވަސް ހުކުރުދުވަހަކަށްވިނަމަ ހުކުރުދުވަހު ރޯދަހިފުން ނަހީކުރެވިފައިވާ ޙަދީންއިން އެކަން އިސްތިޘްނާ ވާނެއެވެ. ފަހެ ހޮނިހިރުދުވަހު ރޯދަހިފުމަކީ އެކަހަލަ ކަމެކެވެ. އިބްނު ޤުދާމާގެ ބަސްފުޅު އިސްވެ ބަޔާންކުރެވިއްޖެއެވެ. އަދި ޝައިޚް ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ:

ހޮނިހިރުދުވަހު ރޯދަހިފުމުގައި ޙާލަތްތަކެއްވާކަން ދަންނާށެވެ:

ފުރަތަމަ ޙާލަތު: ފަރުޟު ރޯދައަކަށްވުމެވެ. އެއީ އަދާއަށް ނުވަތަ ޤަޟާއަށް ރަމަޟާންމަހުގެ ރޯދަ ހިފުމެވެ. އަދި ކައްފާރާގެ ރޯދަތައް ހިފުމެވެ. އަދި ތަމައްތުޢު ޙައްޖެއް ކުރިމީހަކު ހަދްޔުގެ ބަދަލުގައި ހިފާ ރޯދަފަދަ ރޯދައެވެ. ފަހެ މިކަމުގައި މައްސަލައެއްނެތެވެ. އެއީ މިގޮތަށް ހިފުމުގައި ޚާއްޞަކަމެއްވާކަމުގައި އިޢްތިޤާދުނުކުރާނަމައެވެ.

ދެވަނަ ޙާލަތު: ހުކުރުދުވަހު ރޯދަހިފާފައި ހޮނިހުރުދުވަހު ހިފުމެވެ.

އެއީ ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިކަނބަލަކު ހުކުރުދުވަހު ރޯދަހިއްޕެވުމުން ޙަދީޘްކުރެއްވިއެވެ:”ކަމަނާ އިއްޔެ ރޯދައަށް ހުންނެވިން ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މާދަމާ ރޯދައަށް ހުރުމަށް ކަމަނާ ބޭނުންވެވަޑައިގަންނަވަންތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ ކަމަނާ ރޯދަ ދޫކޮށްލައްވާށެވެ.

ފަހެ އެކަލޭގެފާނުގެ ބަސްފުޅުގައި “މާދަމާ ރޯދައަށް ހުރުމަށް ކަމަނާ ބޭނުންވެވަޑައިގަންނަވަންތޯއެވެ؟” ދަލާލަތުކުރަނީ ހުކުރުދުވަހަކާ އެކު އެދުވަހު ރޯދަހިފުން ހުއްދަކަމެވެ.

ތިންވަނަ ޙާލަތު: ރޯދަހިފުން ޝަރުޢުކުރެވިފައިވާ ދުވަހަކާ ދިމާވުމެވެ. އެއީ ބީޟުގެ ރޯދަ[ކޮންމެ ހަނދުމަހެއްގެ 13 14 15ގައި ހިފާރޯދަ]އާއި ޢަރަފާތުދުވަހުގެ ރޯދައާއި ޢާޝޫރާގެ ރޯދައާއި ރަމަޟާންމަހުގައި ރޯދަހިފިމީހަކު ޝައްވާލުމަހުގެ ހަރޯދަހިފުމެވެ. އަދި ހައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފުންވެސް އެއީ މައްސަލައެއްނޫނެވެ. އެހެނީ އެދުވަސްތަކުގައި އޭނާ ރޯދައެހިފަނީ އެއީ ހޮނިހިރުދުވަހަށް ވާތީއެއްނޫނެއެވެ. އަދި ކިއެއްހެއްޔެވެ. އެދުވަސްތަކަކީ ރޯދަހިފުން ޝަރުޢުކުރެވިފައިވާ ދުވަސްތަކެކެވެ.

ހަތަރުވަނަ ޙާލަތު: އާދަކޮށް ހިފާ ރޯދައަކާ ދިމާވުމެވެ. އެއީ ދެދުވަހުން އެއްދުވަހު ރޯދައަށް ހުންނަ މީހުންފަދައިންނެވެ. ފަހެ އޭނާ ރޯދައަށް ހުންނަދުވަހު ހޮނިހިރުދުވަހަކަށް ވެއްޖެނަމަ ފަހެ [ރޯދަހިފުން] އެއީ މައްސަލައެއްނޫނެވެ. އެއީ ރޯދަމަހުގެ އެއްދުވަސް ނުވަތަ ދެދުވަސްކުރިން ރޯދަހިފުން، ނަބިއްޔާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ.

(( إلا رجلاً كان يصوم صوماً فليصمه)).

ނަމަވެސް އާދަކޮށް ރޯދައެއް ހިފާއުޅުނު މީހެއްނޫނީއެވެ. ފަހެ އޭނާ ރޯދަހިފާށެވެ.

ފަސްވަނަ ޙާލަތު: ސުންނަތްރޯދަ އެދުވަހުގައި ހިފާ އެދުވަސް ޚާއްޞަކުރުމެވެ. ފަހެ މިކަމުގައި އައިސްފައިވާ ޙަދީޘް ޞައްޙަނަމަ، ނަހީކުރެވިފައިވާ ޙާލަތަކީ މިއީއެވެ.

“مجموع فتاوى ورسائل الشيخ ابن عثيمين”.(٢۰/٥٧)

والله أعلم .

____________________________

މިފަތުވާގެ އަޞްލު ބައްލަވާ: ލިންކު1(ޢަރަބި)، ލިންކު2(އިނގިރޭސި)

އެހެނިހެން ފަތުވާތައް