[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: މޭމަތީގައި ހަށަންބަނުން

ވާތްމަތީގައި ކަނާއަތްބާއްވާ، މޭމަތީގައި ނުވަތަ ހިތްމަތީގައި ހަށަންބަނުމުގެ ޙުކުމަކީ ކޮބާ؟ އަދި ފޫޅުން ތިރީގައި ހަށަން ބަނުމުގެ ޙުކުމަކީ ކޮބާ؟ އަދި މިކަމުގައި ފިރިހުންނާއި އަންހެނުންގެ ތަފާތެއްވޭހެއްޔެވެ؟

 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ވާތްމަތީ ކަނާއަތްބޭއްވުމުގެ ޙުކުމަކީ އެއީ ސުންނަތެކެވެ. އެހެނީ ސަހްލު އިބްނު ސަޢްދު رضي الله عنه ރިވާކުރެއްވި ޙަދީޘްގައިވެއެވެ.

((كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ يَدَهُ الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِى الصَّلاَةِ.)) [أخرجه البخاري في الأذان، باب وضع اليمنى على اليسرى ح(٧٤۰)]

މާނައީ: “ނަމާދުކުރާއިރު، ވާތު އަތްދަނޑިމަތީ ކަނާއަތްބޭއްވުމަށް މީސްތަކުންނަށް އަމުރުކުރެވިގެންވެއެވެ.”

ނަމަވެސް އަތްބާއްވާނީ ކޮންތާކު ހެއްޔެވެ؟

ޖަވާބަކީ: މިކަމުގައި ޢެންމެ ޞައްޙަ ޤައުލަކީ މޭމަތީގައި އަތްބޭއްވުމެވެ. އެއީ ވާއިލު ބުން ޙުޖްރު رضي الله عنه ގެ ޙަދީޘްގެ ސަބަބުންނެވެ. އެއީ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ކަނާތްޕުޅު ވާތްޕުޅުގެ މަތީގައި ބާއްވާކަމަށް އައިސްފައިވާ ޙަދީޘްއެވެ. [أخرجه ابن خزيمة في الصلاة، باب: وضع اليمين على الشمال(٤٧٩) والبيهقي ٢/٣۰]

މިޙަދީޘްގައި ބަލިކަށިކަމެއްވެއެވެ. ނަމަވެސް [މިކަމާ ގުޅުންހުރި] އެހެން ޙަދީޘްތަކަށްވުރެ މިޙަދީޘް ޞައްޙަކަމާގާތެވެ.

މޭގެ ވާތްފަރާތުގައި، ހިތްމަތީގައި އަތް ބޭއްވުމާމެދު ދަންނައެވެ. އެއީ އެއްވެސް އަޞްލެއްނެތް ބިދުޢައެކެވެ.

އަދި ފޫޅުންތިރީގައި ހަށަންބަނުމާމެދު ދަންނައެވެ. އެކަމާބެހޭގޮތުން ޢަލީ رضي الله عنه ގެއަރިހުން އަޘަރެއްވާރިދުވެފައިވެއެވެ.

[رواه الإمام أحمد ١/١١۰، وأبو دواد في الصلاة/ باب: وضع اليمنى على اليسرى في الصلاة (٧٥٦).]

ނަމަވެސް އެއަޘަރަކީވެސް ބަލިކަށި އަޘަރެކެވެ. ވާއިލު ބުން ޙުޖްރުގެ ޙަދީޘް އެއަށްވުރެ ވަރުގަދައެވެ.

މިޙުކުމުގައި އަންހެނަކާ ފިރިހެނެއްގެ މެދުގައި ތަފާތެއްނެތެވެ. އެހެނީ ޢަޞްލަކީ ޙުކުމްތަކުގައި ދެބައިމީހުން ހަމަހަމަވުމެވެ. އެއީ ފަރުޤުކުރާނޭ ނުވަތަ ދެބައިމީހުން ތަފާތުކަމަށް ދަލީލެއް ޘާބިތުވެއްޖައުމަށް ދާންދެނެވެ. މިސުންނަތުގައި ފިރިހެނުންނާއި އަންހެނުންގެ މެދުގައި ތަފާތުކަމަށް ޞައްޙަ ދަލީލެއްވާކަން އަޅުގަނޑަށް އެނގިފައިނުވެއެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٣١٦ / طبعة: دار الثريا للنشر

އެހެނިހެން ފަތުވާތައް