[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން 3

ސޫރަތުލް ބަޤަރާ

 

ބަޤަރާ ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޞައްޙަ ރިވާޔަތްތައް:

 

1. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِى تُقْرَأُ فِيهِ سُورَةُ الْبَقَرَةِ)) [رواه مسلم]

މާނައީ: “ތިޔަބައިމީހުންގެ ގޯތިގެދޮރު ޤަބުރުސްތާނުތަކަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެގެޔެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއެއްގެ ކިބައިން ޝައިޠާނާ ފިލައެވެ.”

2. އަބޫ މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((مَنْ قَرَأَ بِالآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِى لَيْلَةٍ كَفَتَاه)) [رواه البخاري]

މާނައީ: “ރޭގަނޑެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފިމީހަކަށް، އެ ފުދިގެންވެއެވެ.[1]”

3. އަބޫ އުމާމާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((مَنْ قَرَأَ آيَةَ الْكُرْسِي دُبُرَ كُلِّ صَلاَةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الجَنَّةِ إِلاَّ أَنْ يَمُوتَ)) [صحيح الجامع الصغير / 6464]

މާނައީ: “މީހަކު ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔަވައިފިކަމުގައި ވަނީނަމަ އޭނާ ސުވަރުގެ ވަނުމަށް، މަރުފިޔަވައި އިތުރު ހުރަހެއް ނުވެއެވެ.”

4. ނުޢުމާން ބްން ބަޝީރުرضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((إنّ الله تَعَالَى كَتَبَ كِتاباً قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بألْفَيْ عَامٍ وهُوَ عِنْدَ العَرْشِ وَإنّهُ أنْزَلَ آيَتَيْنِ خَتَمَ بِهِمَا سُوْرَةَ البَقَرَةِ وَلاَ يُقْرَآنِ فِيْ دَارٍ ثلاثَ ليالٍ فَيَقْرَبُها الشَّيْطان)). [صحيح الجامع الصغير / 1799]

މާނައީ: “ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގެ ދެހާސް އަހަރު ކުރިން ﷲތަޢާލާ ލިޔުއްވުމެއް ލިޔުއްވިއެވެ. އެލިޔުއްވި ލިޔުއްވުން ވަނީ ޢަރުޝިކޮޅުގެ މަތީގައެވެ. އަދި އެކަލާނގެ އެއިން ދެއާޔަތެއް ބާވައިލެއްވިއެވެ. އެއީ ބަޤަރާ ސޫރަތުގެ ނިމުމުގައިވާ ދެއާޔަތެވެ.  އެދެއާޔަތް ގެއެއްގައި ތިން ރޭވަންދެން ކިޔަވައިފިނަމަ، ޝައިޠާނާ އެގެޔަކާ ކައިރި ނުވާހުއްޓެވެ.”

ބަޤަރާ ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:

 

1. ((آيَتَانِ هُمَا قُرْآنٌ وَهُمَا يَشْفَعَانِ ، وَهُمَا مِمَّا يُحِبُّهُمَا اللهُ ، الآيَتَانِ فِيْ آخِرِ سُوْرَةِ الْبَقَرَة)) [((ضعيف جدا)) سلسلة الأحاديث الضعيفة / 1545)]

މާނައީ: “ޤުރުއާނުގެ ދެއާޔަތެއް ވެއެވެ. އެއީ ޝަފާޢަތެކެވެ.(އެބަހީ: ޝަފާޢަތްތެރިވާނެ ދެއާޔަތެވެ.) އަދި އެއީ އެދެއާޔަތަކާމެދު ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ދެއާޔަތެކެވެ. އެއީ ބަޤަރާ ސޫރަތުގެ ފަހުދެޔާތެވެ.”

2. ((مَنْ قَرَأَ سُوْرَةَ الْبَقَرَةِ، تُوِّجَ بِتَاجٍ فِيْ الْجَنَّة)) [((موضوع)) سلسلة الأحاديث الضعيفة / 4633]

މާނައީ: “ބަޤަރާ ސޫރަތް ކިޔަވައިފި މީހާގެ [ބޮލުގައި] ސުވަރުގޭގައި ތާޖެއް އެޅުވޭހުއްޓެވެ.”

3. ((إِنَّ لِكُلِّ شَيْء سنَامًا، وَإِنَّ سنَامَ الْقُرْآنِ، سُوْرَةُ الْبَقَرَةِ، مَنْ قَرَأَهَا فِيْ بَيْتِهِ لَيْلاً لَمْ يَدْخُلْهُ الشَّيْطَانُ ثَلاَثَ لَيَالٍ، وَمَنْ قَرَأَهَا فِيْ بيْتِهِ نَهَارًا لَمْ يَدْخُلْهُ الشَّيْطَانُ ثَلاَثَةَ أَياَّم)) [((ضعيف)) سلسلة الأحاديث الضعيفة / 1349]

މާނައީ: “ހަމަކަށަވަރުން ކޮންމެ އެއްޗެއްގައިވެސް މަތިވެރިކަމެއްވެއެވެ. އަދި ޤުރުއާނުގެ މަތިވެރިކަމަކީ ބަޤަރާ ސޫރަތްކަން ކަށަވަރެވެ. މީހަކު އޭނާގެ ގޭގައި، ރޭގަނޑު އެސޫރަތް ކިޔަވައިފި ކަމުގައި ވާނަމަ ތިން ރޭ ވަންދެން އެގެއަކަށް ޝައިޠާނާ ނުވަންނަ ހުއްޓެވެ. އަދި މީހަކު އޭނާގެ ގޭގައި، ދުވާލު އެސޫރަތް ކިޔަވައިފި ކަމުގައި ވާނަމަ ތިން ދުވަސް ވަންދެން އެގެއަކަށް ޝައިޠާނާ ނުވަންނަ ހުއްޓެވެ.”

=ނުނިމޭ=

____________________________

[1] މިތާގައި ‘ފުދިގެންވުން’ ޝަރަޙަކުރުމުގައި ޢިލްމުވެރިން ވަރަށް ގިނަ ގޮތަށް ވިދާޅުވެފައިވެއެވެ. މީގެ ބައެއް މާނަތަކުގެ ތެރޭގައި: *ޝައިޠާނާގެ ނުބައިކަމުން [ރައްކާތެރިކޮށްދިނުމަށް] ފުދިގެންވެއެވެ.

*ކޮންމެ ނުބައިކަމަކުން [ރައްކަލަކަށް] ފުދިގެންވެއެވެ.

*ޘަވާބުގެ ގޮތުގައި ފުދިގެންވެއެވެ.

ބައްލަވާ فتح الباري لإبن حجر / مجلد: 11 / ص: 238 / طبعة: دار طيبة

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ