[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الأَرْبَعُوْنَ النَّوَوِيَّةُ 2

ދެވަނަ ޙަދީޘް

عَنْ عُمَرَ رَضِيَ اللهُ عَنْهُ أَيْضًا قَالَ: ” بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللَّهِ صلى الله عليه و سلم ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ. حَتَّى جَلَسَ إلَى النَّبِيِّ صلى الله عليه و سلم . فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخْذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنْ الْإِسْلَامِ. فَقَالَ رَسُولُ اللَّهِ صلى الله عليه و سلم الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا. قَالَ: صَدَقْت . فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ!

قَالَ: فَأَخْبِرْنِي عَنْ الْإِيمَانِ.قَالَ: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.قَالَ: صَدَقْت.

قَالَ: فَأَخْبِرْنِي عَنْ الْإِحْسَانِ. قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك.
قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ.قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ. ثُمَّ انْطَلَقَ، فَلَبِثْنَا مَلِيًّا،
ثُمَّ قَالَ: يَا عُمَرُ أَتَدْرِي مَنْ السَّائِلُ؟. قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ “. رَوَاهُ مُسْلِمٌ

އަދިވެސް ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް އެކަލޭގެފާނުގެ ކިބައިން ރިވާވެގެންވެއެވެ.

އެއްދުވަހަކު ތިމަންނާމެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އިށީންދެގެން ތިބީމުއެވެ. ދެންފަހެ އެތަނަށް ހުދުކަން ގަދަ ހެދުމެއްގައވާި ފިރިހެނަކު އަތުވެއްޖެއެވެ.  އެބޭކަލެއްގެ ބޮލުގެ އިސްތަށީގެ ކަޅުކަންގަދައެވެ. އަދި ދަތުރުގެ އެއްވެސް އަސަރެއް އެބޭކަލެއްގެ ކިބައިން ނުފެނެއެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް އެބޭކަލަކީ ކާކުކަމެއް ނުއެނގެއެވެ. ދެން އެބޭކަލު  މާތްނަބިއްޔާ ޞައްލަަﷲ ޢަލައިހި ވަސައްލަމަގެ ކައިރީގައި އިށީންނަވައިފިއެވެ. އަދި އެބޭކަލެއްގެ ކަކޫ މާތްނަބިއްޔާގެ ކަކޫކޮޅުގައި ޖައްސައި ދެއަތްތިލަ އެބޭކަލެއްގެ ފަލަމަސްގަނޑުކޮޅުގެ މަތީގައި ބާއްވަވައިފިއެވެ.

އަދި އެބޭކަލަކު ދަންނަވައިފިއެވެ. “އޭ މުޙައްމަދެވެ(ޞައްލަﷲ ޢަލައިހި ވަސައްލަމަ). އިސްލާމްކްމާއި ބެހޭގޮތުން ޚަބަރުދެއްވާށެވެ. “

ދެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވައިފިއެވެ. “އިސްލާމްކަމަކީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް  ނުވާކަމަށް ޤަބޫލުކުރުމާއި އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކޮށް ޒަކާތްދީ ރަމަޟާންމަހު ރޯދަހިފައި އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ﷲގެ ގެކޮޅަށް ޙައްޖުވުމެވެ.

ދެން އެބޭކަލަކު ދަންނަވައިފިއެވެ. “ކަލޭގެފާނު ތެދުހައްދަވައިފީމުއެވެ.” (ދެން ޢުމަރު ރަޟިޔަﷲ ޢަންހު ޙަދީޘްކިޔައިދެއްވަމުން ބަޔާންކުރެއްވިއެވެ.) އެބޭކަލަކު ސުވާލުކުރެއްވެވުމަށްފަހު މާތްނަބިއްޔާ ތެދުހެއްދެވިކަމަށް ވިދާޅުވުމުން އެބޭކަލަކާއި މެދު ތިމަންބޭކަލުން އަންތަރީސްކޮށްފިއެވެ.

އެބޭކަލަކު ދަންނަވައިފިއެވެ. “ފަހެ އީމާންކަމާއި ބެހޭގޮތުން ތިމަންނާއަށް ޚަބަރުދެއްވާށެވެ”
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲއަށް އީމާންވެ މަލާއިކަތްބޭކަލުންނަށާއި ބާވާލެއްވުނު ފޮތްތަކަށާއި އަދި ރަސޫލުބޭކަލުންނަށާއި އަދި އާޚިރަތްދުވަހަށާއި އަދި ޤަދަރުގެ ހެޔޮމިންވަރާއި އޭގެ ނުބައިމިންވަރަށް އީމާންވުމެވެ.

އެބޭކަލަކު ދަންނަވައިފިއެވެ. “ފަހެ ކަލޭގެފާނު ތެދުހައްދަވައިފިއެވެ.” އަދި ދެންނެވިއެވެ. “އިޙުސާންތެރިކަމާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް ޚަބަރުދެއްވާށެވެ.”

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ހަދީޘްފުޅު ކުރެއްވިއެވެ. “އެއީ ތިބާ ﷲ (ސުބުހާނަހޫ ވަތަޢާލާ) ފެންނަ މީހެއްފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިޔަބައިމީހުންނަށް ނުފެނުނު ކަމުގައިވިޔަސް އެއިލާހު ތިޔަބައިމީހުން ދެކިވޮޑިގަންނަވަތެވެ.”

އެބޭކަލަކު ދެންނެވިއެވެ. “ޤިޔާމަތްދުވަހާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް ޚަބަރުކުރާށެވެ. (އެބަހީ ޤިޔާމަތްވާނެ ވަޤުތާއި ބެހޭގޮތުންނެވެ)” މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. “އެކަމާއި ބެހޭގޮތުން ސުވާލުކުރެވުނު ފަރާތަށް ސުވާލުކުރި ފަރާތަށްވުރެ ބޮޑަށް އެނގިގެންނުވެއެވެ.

ދެން އެބޭކަލަކު ދަންނަވައިފިއެވެ. “(އެހެންކަމަށްވާނަމަ) ތިމަންކަލޭގެފާނަށް އެކަމުގެ ޢަލާމާތްތަކުން ޙަބަރުދެއްވާށެވެ. މާތްނަބިއްޔާ ހަދީޘްކުރެއްވިއެވެ. “އަޅުއަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުމެވެ. ބަކަރިހުއިހައްޕަން ހުސްފަޔާ އޮރިޔާމުން ސަޙަރާތެރޭގައި އުޅުނު ބަދަވީންތައް އުސް އިމާރާތްތައް އަޅަން އެއްބަޔަކު އަނެއްބަޔަކާ ވާދަޖަހާނެތެވެ.

ދެން އެޔަށްފަހު އެބޭކަލަކު ވަޑައިގެންފިއެވެ. ދެން ތިމަންކަލޭގެފާނު ދިގުމުއްދަތެއްހޭދަކުރެއްވީމެވެ. (އެއީ ތިންދުވަސްކަމުގައި ބުނެއެވެ. ނުވަތަ އެޔަށްވުރެ ގިނަކަމުގައިވެސް ބުނެއެވެ. އަދި އެޔަށްވުރެ މަދުކަމުގައިވެސް ބުނެއެވެ. ޝެއިޚު ޢުޘައިމީން ރަޙިމަހުﷲ)

ދެންއެޔަށްފަހު މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރެވެ. ސުއާލުކުރީ ކާކުކަން ދެނެހުރީމުތޯއެވެ؟”

ތިމަންކަލޭގެފާނު ދެންނެވީމެވެ. އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އެޔަށްފަހު އެއިލާހުގެ ރަސޫލާއެވެ.

ދެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފަހެ ހަމަކަށަވަރުން އެބޭކަލަކީ ޖިބުރީލު (އަލައިހިއް ސަލާމެވެ). އެކަލޭގެފާނު ތިޔަބޭކަލުންގެ އަރިހަށް އެވަޑައިގަތީ ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީން އުގަންނައިދެއްވުމަށްޓަކައެވެ.”

(މިޙަދީޘްގެ ޝަރަޙަ ބައްލަވާ: ލިންކު)

ރިވާކުރެއްވީ މުސްލިމް.

ތިންވަނަ ޙަދީޘް.

عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: ” بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ”.

رَوَاهُ الْبُخَارِيُّ  وَمُسْلِمٌ

އަބޫ ޢަބްދުއްރަޙުމާނު އަބްދުﷲ ބިން ޢުމަރު ބިނިލް ޚައްޠާބު ރަޟިޔަﷲ ޢަންހުމާ ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމުއެވެ. “ އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ.އެއީ        لَا إلَهَ إلَّا اللَّهُ އަދި مُحَمَّد رَسُولُ اللَّهِ މިފަދައިން ޝަހާދަތްކިޔުމާއި(އެބަހީ: ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ﷲ ފިޔަވައިނުވާކަމަށާއި އަދި ހަމަކަށަވަރުން ﷲގެ ރަސޫލާއަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަށް  ހެކިވުމާއި)، ނަމާދު ގާއިމުކުރުމާއި ޒަކާތްދިނުމާއި އަދި ކަޢުބަތުﷲ ގެފުޅަށް ޙައްޖުވުމާއި އަދި ރަމަޟާންމަހުގެ ރޯދަހިފުމެވެ.”

ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމު.

(ނުނިމޭ)

ފުރަތަމަބައި