(ސ 74) ދެމަފިރިން ގުޅުވުމަށްޓަކައި ސިޙުރުހެދުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިއީ ޙަރާމްވެގެންވާކަމެކެވެ. އަދި މިފަދަ ކަންތައްތައް ކުރުން ހުއްދަވެގެން ނުވެއެވެ. މިއަށް ޢަރަބި ބަހުން ކިޔަނީ عَطْف އެވެ. [ދިވެހިބަހުން ކިޔަނީ: އިސްތިރިއެވެ.]
އަދި ދެމަފިރިން ދުރުކުރުވުމަށް ހަދާ ސިޙުރަށް ކިޔަނީ صَرْف އެވެ. [ދިވެހިބަހުން ކިޔަނީ: ވަރިތޮޅިއެވެ.] މިފަދަ ސިޙުރު ހެދުމަކީވެސް ޙަރާމްކަމެކެވެ. އަދި އޭގެ ސަބަބުން ކުފުރާއި ޝިރުކުގެ ތެެރެއިން ހިނގައިދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ﴾ [ سورة البقرة ١٠٢]
މާނައީ: “ތިމަންމެން ވާކަން ކަށަވަރީ އިމްތިހާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަޞޭޙަތްދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅުނެވެ. الله ގެ އިޛުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެއެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީޙުންނަށް ގެއްލުންދޭ، އަދި އެބައިމީޙުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ބަލާގަތް މީހަކަށް އާޚިރަތުގައި އެއްވެސް މިންވަރެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ.”
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله
فتاوى أركان الإسلام / ص: ١٥٣/ طبعة: دار الثريا للنشر