ހަތަރުވަނަ ޙަދީޘް
عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: حَدَّثَنَا رَسُولُ اللَّهِ صلى الله عليه و سلم -وَهُوَ الصَّادِقُ الْمَصْدُوقُ-: “إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا نُطْفَةً، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَمْ سَعِيدٍ؛ فَوَاَللَّهِ الَّذِي لَا إلَهَ غَيْرُهُ إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا. وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ فَيَدْخُلُهَا”
رَوَاهُ الْبُخَارِيُّ وَمُسْلِمٌ
ތަރުޖަމާޢީ: ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. މާތް ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްވަމުން ޙަދީޘްފުޅުކުރެއްވިއެވެ.- އެކަލޭގެފާނަކީ އެކަލޭގެފާނުގެ ބަސްފުޅު ތެދު އަދި އެކަލޭގެފާނުގެ ބަސްފުޅު ތެދުކުރެވޭ ޞާހިބާއެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކުވެސް ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި(އެބަހީ ރަޙިމުގައި) ނުތުފާއެއް(ތިއްކެއް) ފަދައިން ސާޅީސްދުވަސް ވަންދެން ހޭދަކުރެއެވެ. ދެންއެޔަށްފަހު ގަނޑުލޭކޮޅެއްފަދައިން ހަމައެފަދައިން ވެއެވެ، ދެން އެޔަށްފަހު މަހުންއުފެދިފައިވާ އެތިކޮޅެއް ކަމުގައި ހަމައެފަދައިން ވެއެވެ. ދެން އެޔަށްފަހު މަލާއިކަތަކު އެގަރުބަގަނެފައިވާ ކުއްޖާގެ ގާތަށް ފޮނުއްވެއެވެ. އަދި އޭގެ މައްޗަށް އެމަލާއިކަތާ ރޫހު(ފުރާނަ) ފުމެލައްވާނެތެވެ. އަދި ހަތަރުކަމެއް އެމަލާއިކަތާގެ މައްޗަށް އަމުރުކުރެއްވިގެންވެއެވެ. އެއީ އެކުއްޖާގެ ރިޒުޤު ލިޔުއްވުމާއި އަދި އަޖަލާއި(އުމުރާއި)، ޢަމަލުތަކާއި އަދި އެމީހަކު ވާހުށީ އަބާއްޖަވެރިއެއްކަމުގައިތޯ ނުވަތަ ބާއްޖަވެރިއެއްކަމުގައިތޯ ލިޔުއްވުމެވެ. ފަހެ އެއިލާހު ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއްނުވާ ﷲ ގަންދީހުވާކޮށްފައިބުނަމެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު ސުވަރުގޭގެ އަހުލުވެރިންގެ އަމަލުން އަމަލުކޮށް އެމީހަކާއި ސުވަރުގެޔާއި ދެމެދުގައި މުށެއްގެ ދިގުމިނަށް ކައިރިވެއްޖައުމަށް ދާންދެން އަމަލުކުރެއެވެ. އެޔަށްފަހު އޭނާގެ މައްޗަށް ލިޔުއްވިފައިވާ ގޮތް އިސްވެ އެމީހަކު ނަރަކައިގެ އަހުލުވެރިންގެ އަމަލުން އަމަލުކޮށް ނަރަކައަށް ވަދެއެވެ އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަރަކައިގެ އަހުލުވެރިންގެ އަމަލުކޮށް މުށަކާއި ކައިރިވެއްޖައުމަށް ދާންދެން އަމަލުކުރުމަށްފަހު ފަހެ އޭނާގެ މައްޗަށް ލިޔުއްވިފައިވާ ގޮތް އިސްވެ ސުވަރުގޭގެ އަހުލުވެރިންގެ އަމަލުން އަމަލުކޮށް ސުވަރުގެއަށް ވަންނާނެއެވެ.”
ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމް.
ފަސްވަނަ ޙަދީޘް
عَنْ أُمِّ الْمُؤْمِنِينَ أُمِّ عَبْدِ اللَّهِ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه و سلم “مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ”.
رَوَاهُ الْبُخَارِيُّ وَمُسْلِمٌ
وَفِي رِوَايَةٍ لِمُسْلِمٍ:”مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ” .
ތަރުޖަމާޢީ: : އުމްމުލް މުއުމީނީނަ އުންމު ޢަބްދުﷲ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. ” އަހަރެމެންގެ މި އަމްރުގެމައްޗަށް(އެބަހީ އިސްލާމްދީން ނުވަތަ ޝަރީޢަތް) އެދީނުގައި ނުހިމެނޭ އާކަމެއް(ޝަރުޢީގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަދި މާތްނަބިއްޔާގެ ސުންނަތުން ސާބިތުނުވާކަމެއް) ގެނެސްގަންފި މީހާއަށް އެކަމެއްވަނީ ރައްދުވެގެންނެއެވެ.” ރިވާކުރެއްވި ބުޚާރީ އަދި މުސްލިމް
މުސްލިމު ރިވާކުރައްވާފައިވަނީ އަންނަނިވި އިބާރާތުންނެވެ. “މިދީނުގައި(ނުވަތަ ޝަރީޢަތުގައި) ކީރިތި ޤުރުއާނުން ނުވަތަ ސުންނަތުން ސާބިތުނުވާ ޢަމަލެއްކޮށްފި މީހާ ދަންނާށެވެ. ފަހެ އެކަމެއްވަނީ އެމީހަކަށް ރައްދުވެގެންނެވެ.(އެބަހީ އަމަލުޤަބޫލުވެވިގެން ނުވެއެވެ.)”
ހަވަނަ ޙަދީޘް
عَنْ أَبِي عَبْدِ اللَّهِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا، قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: “إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنْ النَّاسِ، فَمَنْ اتَّقَى الشُّبُهَاتِ فَقْد اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَّا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلَّا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ”.
رَوَاهُ الْبُخَارِيُّ ، وَمُسْلِمٌ.
ތަރުޖަމާޢީ: ޢަބްދުﷲ ބިން ނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ހަމަކަށަވަރުން ޙަލާލު(ކަންކަން)ވަނީ ބަޔާންވެގެންނެވެ. އަދި ހަމަކަށަވަރުން ޙަރާމްކަންކަންވެސް ވަނީ ބަޔާންވެގެންނެވެ. އެދެމެދުގައި (އެދެކަންކަމާއި) އެއްގޮތްވެގެންވާ އެކަންކަމާއި ބެހޭގޮތުން ގިނަބަޔަކަށް (އޭގެ ޙުކުމް) ނޭންގޭ ކަންތައްތައްވެއެވެ. ފަހެއެކަންކަމުން ދުރުވެގެންފިމީހާ އެމީހާގެ ދީނާއި ޢަބުރު ރައްކާކޮށްފިއެވެ. އަދި އެކަމަށް އަރައިގެންފިމީހާ ޙަރާމްކަމެއްގެ ތެރެއަށް ވެއްޓިގެންފިއެވެ. އެއީ ޙިމާޔަތްކުރެވިފައިވާ ތަނެއްގެ ވަށައިގެން ބަކަރިހުއިހައްޕަން އުޅުނު މީހާފަދައިންނެވެ. ފަހެ އެބަކަރިތައް ހިމާޔަތްކުރެވިފައިވާ ތަނުން ކެއުން ގާތްވެގެންވެއެވެ. ފަހެ ކޮންމެ ރަސްކަލަކަށްވެސް ޙައްދެއް ކަނޑައެޅިފައިވާ ހިމާޔަތްކުރެވިފައިވާ ހިސާބެއްވެއެވެ. ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙިމާޔަތްކުރައްވާފައިވާ ޙައްދަކީ އެއިލާހު ޙަރާމްކުރައްވާފައިވާ ކަންކަމެވެ. އަދި ދަންނާށެވެ. ޖިސްމުގައިވާ ކުޑަ މަސްކޮޅެއްވެއެވެ. އެމަސްކޮޅު އިޞްލާހުވެ ރަނގަޅުވެއްޖެނަމަ މުޅި ޖިސްމު ރަނގަޅުވެއެވެ. އަދި އެފަސާދަވެ ނުބައިވެއްޖެނަމަ މުޅި ޖިސްމު ފަސާދަވެ ހަލާކުގެ ތެރެއަށް ވައްޓާލައެވެ. އެއީ އިންސާނާގެ ހިތް ނޫން ދެން ފަހެ ކޮންއެއްޗެއްހެއްޔެވެ.”
ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމް.
ނުނިމޭ