[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 15

އިންސާނާއާއެކުގައިވާ އޭނާގެ ޤަރީނު އިސްލާމްވެދާނެހެއްޔެވެ؟

އައްޝައިޚް އަލްއަޝްޤަރު ވިދާޅުވެފައިވެއެވެ. “މުސްލިމް މީހާއާ އެކުގައިވާ އޭނާގެ ޤަރީނު އޭނަގެ ސަބަބުން އަސަރުކޮށް އެންމެފަހުން އިސްލާމްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި، އަދި އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވާފައިވެއެވެ. ﷲރުއްސުންލެއްވި އިބްނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. {مَا مِنْكُمْ مِنْ أَحَدٍ إِلاَّ وَقَدْ وُكِّلَ بِهِ قَرِينُهُ مِنَ الْجِنِّ. قَالُوا: وَإِيَّاكَ يَا رَسُولَ اللَّهِ؟ قَالَ: وَإِيَّاىَ إِلاَّ أَنَّ اللَّهَ أَعَانَنِى عَلَيْهِ فَأَسْلَمَ فَلاَ يَأْمُرُنِى إِلاَّ بِخَيْرٍ. މާނައީ: އޭނައާއެކު ޖިންނިންގެ ތެރެއިން ބައިވެރިއަކު ނުވާ އެކަކުވެސް ތިޔަބައިމީހުންގެ ތެރެއިން ނުވެއެވެ. އެހިނދު ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނާ އެކުގައިވެސް ވޭތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނާ އެކުގައިވެސް ވެއެވެ. އެހެނެއްކަމަކު، އެސޮރުގެ މައްޗަށް، ﷲތަޢާލާ ތިމަންކަލޭގެފާނަށް އެހީތެރިވެވޮޑިގަންނަވައި، އެސޮރުވަނީ އިސްލާމްވެފަހެވެ. ދެންފަހެ ހެޔޮކަމަކަށް މެނުވީ، ތިމަންކަލޭގެފާނަށް، އެސޮރު ބާރުނައަޅައެވެ.}” اهـ

ޝައިޚް އަޝްޤަރުގެ މިބަސްފުޅު ގެންނެވުމަށްފަހު، އައްޝައިޚު ވަޙީދު އަބްދުއްސަލާމްބާލީ ވިދާޅުވެފައިއެވެ. “ޝެއިޚް އަޝްޤަރުގެ ބަސްފުޅަށް އެއްބަސްނުވެވެއެވެ. އެހެނީ، ކޮންމެ މުސްލިމެއްގެ ފަރާތުންވެސް އަސަރުކޮށް، (ޖިންނިންގެ ތެރެއިންވާ) އޭނާގެ ޤަރީނު އިސްލާމްވެދާނެކަމަށް، ޝެއިޚު އަޝްޤަރުގެ ބަސްފުޅުން ދޭހަވެއެވެ. ނަމަވެސް ކަންތައްއޮތީ މިއާ ޚިލާފަށެވެ. އެހެނީ ދަލީލުން ޘާބިތުވަނީ އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޚާއްޞަކަމެއް ކަމުގަވެ. އެދަލީލު ހުރިހާ އެންމެނަށް ޢާންމު ކުރެވޭނެކަމަށް ބުނާ ކޮންމެ މީހަކު އެކަމަށް އިތުރުދަލީލު ގެންނަން ޖެހޭނެއެވެ. އަދި އަޅުގަނޑަށް އެނގިފައިވަނީ އެކަމަށް އެއްވެސް ދަލީލެއް ނުވާކަމުގައެވެ. والله أعلم

އެހެންކަމުން، ޢުމަރު ރަޟިޔަﷲ ޢަންހަށްވެސް އެކަލޭގެފާނުގެ ޢަޤީދާގެ ޘާބިތުކަމާއި، އީމާންކަމުގެ ވަރުގަދަކަމާއެކުވެސް، އެކަލޭގެފާނުގެ ޤަރީނުވެސް އިސްލާމްވިކުރެއްވުނު ކަމުގައި އައިސްފައިނުވެއެވެ. އޭގެ ބަދަލުގައި އައިސްފައިވަނީ ޝައިޠާނާ އެކަލޭގެފާނަށް ބިރުގަންނަ ކަމުގައެވެ.

އަދި ހަމައެހެންމެ، ކޮންމެ މުސްލިމަކަށްވެސް އޭނާގެ ޤަރީނު އިސްލާމްކުރެވޭނަމަ، އިމްތިޙާނު ކުރެއްވުމުގައިވާ ޙިކުމަތް ނެތިދާނެއެވެ.

މީގެ ބަދަލުގައި، ކޮންމެ މުސްލިމަކަށްވެސް އޭނައާ އެކުގައިވާ ޝައިޠާނާ ބަލިކަށި ކުރެވިދާނެ ކަމުގައި ބުނެވިދާނެއެވެ. އެއީ ގިނަގިނައިން ޤުރުއާން ކިޔަވައި، ﷲގެ މަތިން ހަނދުމަކޮށް، ހެޔޮކަންތައް އިތުރުކޮށްގެންނެވެ.”

 – ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް