[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިޔަބޭފުޅުންނަށް އެނގިލައްވާތޯ؟ (3)

heyo ummaiy

މީސްތަކުންގެ ތެރެއަށް ނެރެވުނު އެންމެހެޔޮ އުންމަތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ އުންމަތެވެ. އާދެ، އަޅުގަނޑުމެން އެއުންމަތަކަށް ނިސްބަތްވާ އުންމަތެވެ. މި ބިންމައްޗަށް ފޮނުއްވުނު އެންމެފަހު އުންމަތަކީވެސް މިއެވެ. ނަމަވެސް ޤިޔާމަތްދުވަހު އެންމެ ކުރީގައިވާނީވެސް މިއުންމަތެވެ. އެއީ ކީއްވެގެންކަން ތިޔަބޭފުޅުންނަށް އެނގިލައްވާތޯއެވެ؟

އެއީ، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ ސަބަބުންނެވެ. އެހެންމީހުން ކޮންމެ ގޮތަކަށް އުޅުނަސް، އެކަމާ އަޅާނުލައި ވަރިހަމަކޮށްލުމުގެ ބަދަލުގައި، އެބައިމީހުންނަށްވެސް ނަޞޭޙަތްދީ ޙައްޤަށް ވަޞިއްޔަތްކޮށް އުޅުމުގެ ސަބަބުންނެވެ. އާދެ، ﷲގެ މަގަށް ދަޢުވަތު ދިނުމުގެ ސަބަބުންނެވެ. ﷲތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ (آل عمران: ١١٠) “މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲއަށް އީމާންވަމުއެވެ.” އަދި އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. وَمَنْ أَحْسَنُ قَوْلا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ (فصلت: ٣٣) “ﷲގެ މަގަށް ދަޢުވަތުދީ، ޞާލިޙުޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ ﷲއަށް ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟

އެހެންކަމުން، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން ވާންޖެހެއެވެ. އެކަންތައް ދޫކޮށްފިކަމުގައިވާނަމަ އަޅުގަނޑުމެންގެ އުންމަތަކީ އެންމެ މާތް އުންމަތްކަމުގައި ނުވާނެއެވެ. އަދިކިއެއް! ﷲގެ ކޯފާއާއި ޢަޛާބު ޙައްޤުވެ، ހަލާކުވެ ނެތިފަނާވެގެންދާ ބައެއްކަމުގައި ވާނެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَالْعَصْرِ (١)إِنَّ الإنْسَانَ لَفِي خُسْرٍ (٢)إِلا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ (٣) “ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނުންވަނީ ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙުޢަމަލުތައް ކޮށް، އެކަކު އަނެކަކަށް ޙައްޤަށް ވަޞިޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ.

ނަބީބޭކަލުންގެ ދޫފުޅުމަތިން ލަޢުނަތް ލެއްވި، ބަނޫއިސްރާއީލުގެ މީހުންވެސް ހަލާކުވެގެންދިޔައީ، ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުން ދޫކޮށް، އެނުބައިކަންތަކުގެ އަހުލުވެރިން އެއީ އެބައިމީހުންގެ ޤާތް އެކުވެރިން ކަމުގައި ހެދުމުގެ ސަބަބުންނެވެ. لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرَائِيلَ عَلَى لِسَانِ دَاوُدَ وَعِيسَى ابْنِ مَرْيَمَ ذَلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ (٧٨)كَانُوا لا يَتَنَاهَوْنَ عَنْ مُنْكَرٍ فَعَلُوهُ لَبِئْسَ مَا كَانُوا يَفْعَلُونَ (٧٩) تَرَى كَثِيرًا مِنْهُمْ يَتَوَلَّوْنَ الَّذِينَ كَفَرُوا لَبِئْسَ مَا قَدَّمَتْ لَهُمْ أَنْفُسُهُمْ أَنْ سَخِطَ اللَّهُ عَلَيْهِمْ وَفِي الْعَذَابِ هُمْ خَالِدُونَ (٨٠)وَلَوْ كَانُوا يُؤْمِنُونَ بِاللَّهِ وَالنَّبِيِّ وَمَا أُنْزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَاءَ وَلَكِنَّ كَثِيرًا مِنْهُمْ فَاسِقُونَ(المائدة: ٨١-٧٨) “އިސްރާއީލުގެދަރިންގެ ތެރެއިން، ކާފިރުވި މީހުންނަށް، ދާވޫދުގެފާނާއި، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލެއްވިގެންވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ! އޭގެތެރެއިން ގިނަމީހުން ކާފިރުވި މީހުންނީ އެބައިމީހުންގެ އެކުވެރިންކަމުގައި ހަދާތަން ކަލޭގެފާނު ދެކެވަޑައިގަންނަނެތެވެ. އެއުރެންގެ ނަފްސުތައް، އެއުރެންނަށްޓަކައި، ކުރިމަތިކުޅަ ކަންތަކުގެ ނުބައިކަމާއެވެ! އެއީ ﷲ، އެއުރެންގެ މައްޗަށް ކޯފާލެއްވުމެވެ. އަދި އެއުރެންނީ ޢަޛާބުގެ ތެރޭގައި ދެމިތިބޭނޭ ބަޔަކު ކަމުގައިވުމެވެ. އެއުރެން ﷲއާއި، ނަބިއްޔާއާއި، އެކަލޭގެފާނަށް ބާވައިލެއްވި ފޮތަށް އީމާންވާ ކަމުގައިވީނަމަ، އެ ކާފިރުންނީ، އެކުވެރިން ކަމުގައެއް ނެހެދީހެވެ. އެހެނެއްކަމަކު އޭގެތެރެއިން ގިނަމީހުންނީ ފާސިޤުންނެވެ.

__________________________

މިސިލްސިލާގެ އެހެންބައިތައް ބެއްލެވުމަށް