[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

نَوَاقِضُ الإِسْلَامِ – އިސްލާމްކަން ގެއްލޭކަންކަން

737073_348570091923771_838469058_o

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

نواقض الإسلام މި ފޮތަކީ ޝައިޚުލް އިސްލާމްގެ މަތިވެރި ލަޤަބު އެރުވިގެންވާ އިސްލާމްދީނުގެ މުޖައްދިދު އިމާމު މުޙައްމަދު ބިން ޢަބްދުލް ވައްހާބު ރަޙިމަހުﷲ ލިޔުއްވާފައިވާ ކުރު ރިސާލާއެކެވެ. މި ފޮތުގައި ވަނީ އިސްލާމްދީނުން މީހާ ބޭރުވެގެންދާ ދިހަކަމެވެ. މީގެ ތެރޭގައި ހިތުން އިޢުތިޤާދު ކުރުމުން ދީނުން ބޭރުވާކަންކަމާއި ދުލުން ބުނުމުން ދީނުން ބޭރުވާ ކަންކަމާއި ޢަމަލުން ކުރުމުން ދީނުން ބެރުވާކަންތައްވެސް ހިމެނިގެންވެއެވެ. އަދި މިކަންތަކަށް ކީރިތި ޤުރްއާނުން ދަލީލް ގެންނަވާފައިވެއެވެ.

ދުޢާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ” نواقض الإسلام ” ފޮތުގެ މަންފާ އަހަރެމެންނަށް ފޯރުކޮށްދެއްވާ، އަހަރެމެންނަކީ ތައުޙީދު މަޢުރިފާކޮށް ދެނެގަނެ، ﷲ އެއްކައުވަންތައްކޮށް، އަދި ޝިރުކު ދެނެގަނެ އޭގެން ދުރުހެލިވާ ބައެއް ކަމުގައި ލައްވާ، އިސްލާމް ދީނުން ބޭރު ނުވާގޮތަށް އަހަރެމެންގެ ޤަބޫލުކުރުމާއި، ބަސްތަކާއި، ޢަމަލުތައް ބަހައްޓާ ބަޔަކުކަމުގައި ލެއްވުމެވެ. އަލިފާނުގެ ތެރެޔަށް ވަނުމަށް ނުރުހުންވާފަދައިން ކުފުރުގެ ތެރެޔަށް ދިޔުމަށް ނުރުހުންވާ ބަޔަކު ކަމުގައި ލެއްވުމެވެ. އާމީން!

 

ފޮތުގެ ނަން:  نَواقِضُ الإِسْلَامِ – އިސްލާމްކަން ގެއްލޭކަންކަން

ތަރުޖަމާކުރީ: މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޢަފޫރު.

ޞަފްޙާގެ ޢަދަދު:06 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 1.62 MB

ފޮތް ޑައުންލޯޑުކުރައްވާ