(ސ 199) ރެކޯޑްކޮށްފައިވާ ބަންގިއެއް ޖެހީމަ ބަންގި ޞައްޙަވާނެ ހެއްޔެވެ؟
ބަންގީގެ ރެކޯޑިންގެއެއް ޖަހައިގެން ބަންގި ޞައްޙައެއް ނުވާނެއެވެ. އެހެނީ ބަންގިއަކީ އަޅުކަމެކެވެ. އަޅުކަމެއްވެއްޖެއްޔާ ކޮންމެހެންވެސް އޭގެ ނިޔަތެއް އޮންނަން ޖެހޭނެއެވެ. 1
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله
فتاوى أركان الإسلام / ص: ٢٨٥ / طبعة: دار الثريا للنشر
___________________________
1 މިފަތުވާގެ މުރާދަކީ މީހަކު ބަންގިގޮވަން ޖެހިއްޖެ ޙާލަތެއްގައި ބަންގި ގޮވުމުގެ ބަދަލުގައި ފޯނުން ނުވަތަ އެފަދަ އެހެން އާލަތެއް ބޭނުންކޮށްގެން ބަންގި ޖެހުމާ ބެހޭގޮތުންނެވެ. والله أعلم.
އެހެނިހެން ފަތުވާތައް