ތައުޙީދުއް ރުބޫބިއްޔާ
ތައުޙީދުއްރުބޫބިއްޔާ ގެ މުރާދަކީ ޢާލަމްތަކާއި އެތަންތާގައިވާ އެންމެހައި ތަކެއްޗެއް ހައްދަވައި، އެތަކެތި ތަރުބިއްޔަތު ކުރައްވައި، އެތަކެއްޗަށް ރިޒްޤު ދެއްވައި ހައްދަވަނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަން ޤަބޫލް ކުރުމެވެ. އަދި އެތަކެތި މަރުއްވައި، ފަނާ ކުރައްވައި ހައްދަވަނީވެސް ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަމުގައި ޤަބޫލުކޮށް ޔަޤީން ކުރުމެވެ.
އަދި އެންމެހައި ތަކެތީގެ ހުރިހައި ބޭނުންތަކެއް ފުއްދަވައި ދެއްވައި، ތަނަވަސް ކަމާއި މުއްސަދިކަމާއި، އުފަލާއި އަރާމާއި، މިކަންކަން ދެއްވުމުގެ ވެރިޔަކީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަމާއި، އަދި ފަޤީރުކަމާއި ދަތިކަމާއި، ހިތާމަޔާއި ވޭނާއި، އަދި މުސީބާތްތައް ފިއްލެވުމުގެ ވެރިފަރާތަކީ ވެސް ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަމުގައި ހިތުގެ އަޑިން ޤަބޫލުކޮށް އެކަމުގެ މައްޗަށް އީމާން ވުމެވެ. އަދި އެ އިލާހު އިރާދަކުރެއްވި ކޮންމެ ކަމެއް ކުރެއްވުމަށް ކުޅަދުންވަންތަ އިލާހު ކަމުގައި ޔަޤީން ކުރުމެވެ. އަދި މިދެންނެވި ބާވަތުގެ އެއްވެސް ކަމެއް ކުރެއްވުމުގައި އެއިލާހު އާއި ބައިވެރިވާ އެހެން އެއްވެސް އެއްޗެއް ނުވާކަމުގައި ކަށަވަރުކޮށް ޔަޤީން ކުރުމެވެ. މިއިން އެއްވެސް ކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެކު އެހެން އެއްޗެއް ބައިވެރިވާ ކަމުގާ ޔަޤީން ކޮށްފިނަމަ ތައުޙީދު ގެއްލުނީއެވެ. ޝިރުކު ކުރެވުނީއެވެ. މިހެން އީމާންވުންވެސް ވަނީ ތައުޙީދުގެ މިބައިގެ ތެރެއިންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
“الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ” (سورة الفاتحة 1)
މާނައީ: “އެންމެހައި ޙަމްދާއި ތަޢުރީފް ޙައްޤު ވެގެންވަނީ ޢާލަމް ތައް ހައްދަވައި، އެތަކެތި ތަރުބީޔަތު ކުރައްވާ، އެތަކެތީގެ ރައްބަށެވެ.”އަދިވެސް އެހެން އާޔަތެއް އެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއީ އެންމެހައި ޢާލަމްތަކުގެ ވެރި ރައްބު ކަން ބަޔާންކޮށް ވަޙީ ކުރައްވާފައިވެއެވެ.
“اللهُ خَالِقُ كُلِّ شَيْءٍ” (الزمر 62)
މާނައީ: “ﷲ އީ ހުރިހައި ތަކެއްޗެއް ހައްދަވާ އިލާހެވެ.”އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ދުޢާ ކުރައްވާފައި ވެއެވެ.
(اللَّهُمَّ رَبَّ السَّمَاوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيْمِ رَبَّنَا وَرَبَّ كُلِّ شَيْءٍ) (رواه مسلم) މާނައީ: “އޭ ހައްދަވައި ބޮޑު ކުރެއްވި ރައްބު އެވެ! އުޑުތަކާއި، ބިމާއި، ބޮޑުވެގެންވާ ޢަރުޝިއާއި، އަޅަމެންނާއި، އަދި ހުރިހައި ތަކެތި ހައްދަވައި ބޮޑު ކުރައްވާ ރައްބު އެވެ.” މިއެވެ.

ސުވާލު:
(1) ތައުޙީދުއްރުބޫބިއްޔާއިން އެދެވޭ މުރާދަކީ ކޮބައި ހެއްޔެވެ؟
(2) ހުރިހައި ތަކެތި ހައްދަވާ ރިޒުޤު ދެއްވާ އެތަކެތި ފަނާކުރެއްވުމުގެ ވެރި ފަރާތަކީ ކޮބައިހެއްޔެވެ؟
(3) ޚަލްޤުތަކުންގެ ބޭނުންތައް ފުއްދަވައި އުދަގޫތައް ފިއްލަވަނީ ކާކުހެއްޔެވެ؟
(4) ރުބޫބިއްޔާގެ ގެ މައްޗަށް ދަލީލްކުރާ އާޔަތަކާއި ޙަދީޘް އެއް ބަޔާން ކުރޭ!
(ނުނިމޭ)