[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން – 7

ކަހްފު ސޫރަތް

 

 

ކަހްފު ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޞައްޙަ ރިވާޔަތްތައް:

 

1. عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صَلَّى عَلَيْهِ وَسَلَّمَ، قَالَ: ((مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنْ  الدَّجَّالِ)) [رواه مسلم] وفي رواية ((مِنْ آخِرِ سُوْرَةِ الكَهْفِ))

މާނައީ: މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކޮށްފި މީހާ ދައްޖާލުގެ ކިބައިން ރައްކާތެރިވާނެއެވެ.” އަދި އެހެން ރިވާޔަތެއްގައި ވެއެވެ. “ކަހްފު ސޫރަތުގެ ފަހު [ދިހަ އާޔަތް ދަސްކޮށްފި މީހާ ދައްޖާލުގެ ކިބައިން ރައްކާތެރިވާނެއެވެ.]”

2. قَالَ رَسُوْلُ اللهُ صَلَّى اللهُ عَلَيْهِ وَسَلَّم: ((مَنْ حَفِظَ عَشْر آيَات مِنْ أَوَّل سُورَة الْكَهْف عُصِمَ مِنْ فِتْنَة الدَّجَّال)) [صححه الألباني في سلسلة الأحاديث الصحيحة / 582]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކޮށްފި މީހާ ދައްޖާލުގެ ފިތުނައިން ރައްކާތެރިވާނެއެވެ.”

3. قَالَ رَسُوْلُ اللهُ صَلَّى اللهُ عَلَيْهِ وَسَلَّم: ((مَنْ قَرَأَ سُورَةَ الْكَهْفِ كَمَا أُنْزِلَتْ كَانَتْ لَهُ يَوْم القِيَامَةِ نُورًا مِنْ مَقَامِهِ إِلَى مَكَّةَ، وَمَنْ قَرَأَ عَشْرَ آيَاتٍ مِنْ آخِرِهَا خَرَجَ الدَّجَّالُ لَمْ يَضُرُّهُ وَمَنْ تَوَضَّأَ فَقَالَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَد أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِركَ وَأَتُوْبُ إِلَيْكَ كُتِبَ فِيْ رق ثُمَّ جعل فِيْ طَابع فَلَمْ يُكْسَرْ إِلَى يَوْمِ الْقِيَامَة)) [صححه الألباني في سلسلة الأحاديث الصحيحة / 265]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ކަހްފު ސޫރަތް ބާވައިލެއްވިފައިވާ ގޮތަށް ކިޔަވައިފި މީހާއަށް އޭނާ ޤިޔާމަތްދުވަހު ހުރި މަޤާމުން މައްކާއާ ހަމަށް ނޫރެއް ވާނެތެވެ. އަދި ކަހްފު ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވައިފި މީހާއަށް އެއްވެސް ގެއްލުމެއް ނުދެވި ދައްޖާލު އޭނާގެ ކިބައިން ދުރުވާނެއެވެ. އަދި މީހަކު ވުޟޫ ކުރުމަށްފަހު سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَد أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِركَ وَأَتُوْبُ إِلَيْكَ މިފަދައިން ކިޔައި މީހާގެ [މާތްކަން] ފަތެއްގައި ލިޔުއްވި ސިއްކަ ޖެއްސެވޭ ހުއްޓެވެ. އަދި ޤިޔާމަތް ވެއްޖައުމަށް ދާންދެން [އެސިއްކަ] ލެހެއްޓެވޭނެތެވެ.”

4. قَالَ رَسُوْلُ اللهُ صَلَّى اللهُ عَلَيْهِ وَسَلَّم: ((مَنْ قَرَأَ سُورَةَ الْكَهْفِ لَيْلَة الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَهُ وَبَيْنَ الْبَيْتِ الْعَتِيقِ)) [صححه الألباني في صحيح الترغيب والترهيب / 736]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް، އޭނާއާއި ބައިތުލްޢަތީޤާ[1] ދެމެދުވާ ނޫރަކުން އަލިކަން ލެއްވޭނެތެވެ.”

5. قَالَ رَسُوْلُ اللهُ صَلَّى اللهُ عَلَيْهِ وَسَلَّم: ((مَنْ قَرَأَ سُورَةَ الْكَهْفِ فِيْ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمْعَتَيْنِ)) [صححه الألباني في صحيح الترغيب والترهيب / 736]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ހުކުރު ދުވަހުގައި ކަހްފު ސޫރަތް ކިޔަވައިފިމީހާއަށް ދެހުކުރުގެ ދެމެދުގައި ނޫރު ލެއްވޭ ހުއްޓެވެ.”

ކަހްފު ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:

 

1. ((أَلاَ أُخْبِرُكُمْ بِسُوْرَةٍ مِلْءُ عظمتِهَا مَا بَيْنَ السَّمَاءِ وَالأَرْضِ؟ وِلِكِتَابِهَا مِنَ الأَجْرِ مِثْلُ ذَلِكَ ، وَمَنْ قَرَأَهَا يَوْمَ الْجُمُعَةِ غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الأُخْرَى، وَزِيَادَةَ ثَلاَثَةِ أَيَّامٍ، وَمَنْ قَرَأَ الْخَمْسَ الأَوَاخِرَ مِنْهَا عِنْدَ نَوْمِهِ بَعَثَهُ اللهُ أَيُّ اللّيْلِ شَاءَ؟ سُوْرَةُ أَصْحَاب الْكَهْفِ)) [((ضعيف جدا)) ضعيف الجامع الصغير / 2160]

މާނައީ: “އެސޫރަތެއްގެ މާތްކަން އުޑާއި ބިމާ ދެމެދު ފުރައިލާފައިވާ ސޫރަތެއްގެ ވާހަކައިން ތިޔަބައިމީހުންނަށް ޚަބަރު ނުކުރަންވީތޯއެވެ؟ އަދި އެލިޔުމީ އެފަދައިން [އެބަހީ އުޑާ ބިމާ ދެމެދު ފުރޭހާ] ޘަވާބު ލިބޭ ކަމެކެވެ. އަދި ހުކުރު ދުވަހެއްގައި އެސޫރަތް ކިޔަވައިފި މީހާއަށް އެހެން ހުކުރަކާ ދެމެދު ކުރެވުނު ފާފަތައް ފުއްސެވޭނެއެވެ. އަދި ތިންދުވަސް އިތުރު ކުރެއްވޭ ހުއްޓެވެ. އަދި ނިދަންއޮށޯންނަ ހިނދު އެސޫރަތުގެ ފަހު ފަސް އާޔަތް ކިޔައިފި މީހާ ބޭނުންވި ކޮންމެ ރެއެއްގައި ﷲ ތަޢާލާ އޭނާ އަލުން ދިރުއްވާނެތެވެ. އެއީ ހޮހޮޅައޮގެ އަހުލުވެރިންގެ [ވާހަކަ ނަންގަނެވިފައިވަ] ސޫރަތެވެ. (އެބަހީ ސޫރަތުލް ކަހްފު އެވެ.)”

2. ((سُوْرَةُ الْكَهْفِ تُدْعَى فِيْ التَّوْرَاةِ: الْحَائِلَةَ تَحُوْلُ بَيْنَ قَارِئِهَا وَبَيْنَ النَّارِ)) [((ضعيف جدا)) سلسلة الأحاديث الضعيفة / 3259]

މާނައީ: “ތައުރާތުގައި ކަހްފު ސޫރަތަށް الْحَائِلَة (ފަރުދާ) ގެ ނަމުން ނަން ދެވިފައި ވެއެވެ. އެއީ އެސޫރަތް ކިޔެވި މީހާއާއި ނަރަކައާ ދެމެދު ލެވޭ ފަރުދާއެކެވެ.”

3. ((مَنْ قَرَأَ ثَلاَث آيَات مِنْ أَوَّلِ الْكَهْف عُصِمَ مِنْ فِتْنَة الدَّجَّال)) [((ضعيف جدا)) ضعيف مشكاة المصابيح / 2088]

 މާނައީ: “ކަހްފު ސޫރަތުގެ ފުރަތަމަ ތިން އާޔަތް ކިޔަވައިފިމީހާ ދައްޖާލުގެ ފިތުނައިން ރައްކާތެރިވާހުއްޓެވެ.”

=ނުނިމޭ=

މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

__________________________________________

[1] ބައިތުލްޢަތީޤް އަކީ ކަޢުބަތުﷲ ގެފުޅެވެ.