[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ދަރަނިވެރިއަކާ ޒަކާތުފައިސާ ހަވާލުކުރާނަމަ މޮޅުއިތުރީ ދަރަނިވެރިޔާގެ އަތަށް ދަރަނި އަދާކުރާނެ ފައިސާ ހަވާލުކުރުންތަ؟

(ސ.380) ޒަކާތް ދިނުމުގައި މޮޅުއިތުރީ ދަރަނިވެރިޔާ އަތަށް ދަރަނި އަދާކުރާނެ ފައިސާ ހަވާލުކުރުން ހެއްޔެވެ. ނުވަތަ ދަރަނި ދޫކުރި މީހާގެ އަތަށް ދީ، އެދަރަނިވެރިޔާގެ ފަރާތުން ދައްކާ ދިނުން ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިކަމަކީ ތަފާތު ޙާލަތްތަކުގައި ތަފާތުވާ ކަމެކެވެ.

ފަހެ ދަރަނިވެރިވެފައިވާ މީހަކީ އޭނާގެ ދަރަނި އަދާކޮށް، ޒިންމާއިން ބަރީއަވުމަށް ގަދައަޅާ މަސައްކަތް ކުރަމުންދާ، އަދި އޭނާއަށް ދަރަނި އަދާކުރުމަށްދެވޭ ފައިސާއަށް އަމާނާތްތެރި މީހެއްނަމަ އޭނާ އަމިއްލައަށް ގޮސް ދަރަނި އަދާކުރުމަށް އޭނާއަށް ހަވާލުކުރާނީއެވެ. އެހެނީ މިގޮތަކީ އޭނާއަށް ނިވާކަން ބޮޑު ގޮތަށް ވާނެއެވެ. އަދި އޭނާގެ ފަރާތުން ފައިސާ ދިނުމަށް އެދޭ މީހުންގެ ކުރިމަތީ އޭނާ ލަދުވެތިވުމުން މިކަމުން ދުރުހެލިކޮށްދޭނެއެވެ

ދަރަނިވެރިޔާއަކީ މުދާ ފަސާދަކޮށް، އިސްރާފުކުރާ މީހެއްނަމަ ދަންނައެވެ. އޭނާއަށް ދަރަނި އަދާކުރާނެ ފައިސާ ދީފިނަމަ އޭނާއަށް ޟަރޫރަތް ޖެހިފައިނުވާ ތަކެތި އޭނާ އޭގެން ގަނެ ހަދާފާނެއެވެ. ފަހެ އެފަދަ މީހެއްގެ އަތަށް އަޅުގަނޑުމެން [ފައިސާ] ނުދޭނީއެވެ. އަޅުގަނޑުމެން އޭނާއަށް ދަރަނި ދޫކުރި މީހާގެ ގާތަށް ގޮސް މިވެނި މީހަކު ތިބާއަށް ދަރަނިވެރިވެފައިވަނީ ކިހާވަރެއްތޯ ސުވާލުކުރާނީއެވެ. ދެން އެއަށްފަހު އެދަރަނި އެކީ ނުވަތަ އޭގެ އެއްބައިވިޔަސް، ފަސޭހަ މިންވަރެއް އަދާކޮށްދޭނީއެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٤٣٧ / طبعة: دار الثريا للنشر