[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަދަބުވެރިވުން

309717_190883724317541_112446455494602_460525_983240968_nއިސްލާމް ދީނުގެ މަގަށް އަނބިމީހާ އަދަބު ވެރިކުރުވައި އަދި ފިރިމީހާއަށް ކިޔަމަންތެރިވާނޭ ރަނގަޅު އަޞްލުތައް ދަސްކޮށްދީ ހެދުމަކީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބެންވާ ޙައްޤެކެވެ. އެއީ އަނބިމީހާ ނުކިޔަމަންތެރިވެއްޖެނަމަ ނަސޭޙަތްދީ ވިސްނައިދީ ހެދުމެވެ. ނަމަވެސް ހުތުރު އެއްޗެހިކިޔައި އަރައިރުންވެ ހެދުމެއް ނޫނެވެ. ނަސޭޙަތް ދީގެން ކިޔަމަންނުވިނަމަ އަނބިމީހާއާއެކު އެއްތާ ނިދުން ދޫކޮށްލުން ހުއްޓެވެ. އެވަރުން ނުފުދުނުނަމަ އަނިޔާނުވާނޭގޮތުން ޖަހައި ހެދުމެވެ. އެއްވެސް ޙާލެއްގައި އަންހެންމީހާގެ ހަށިގަނޑުން ތަނެއް ހަލާކުވެ ލޭއޮހުރުވާލުން މަނަލެވެ. އަދި މޫނާ އެނޫންވެސް ލަޠީފީ އެއްވެސް ގުނަވަނެއްގާ ޖަހައި އަނިޔާއެއް ކުރުމީ މަނާކަމެކެވެ. މިކަންކަން ބަޔާން ކުރައްވައި މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުވެސް ވިދާޅުވާށެވެ.

وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا – النساء: ٣٤

 މާނައީ: “އަނބިމީހާގެ ނުކިޔަމަންތެރިކަމަށް ބިރުވެތިވާ މީހާ ފަހެ އެމީހާ އޭނާގެ އަނބިމީހާއަށް ނަސޭޙަތްދީ އިރުޝާދު ދޭށެވެ. އަދި (އެވަރުން ނުވިނަމަ) އެއްތާ ނުނިދާށެވެ. އަދި (އެވަރުންނުވިނަމަ) އެކަނބަލުންގައި ޖަހާށެވެ. ދެންފަހެ އެވަރުން އެކަނބަލުން ކިޔަމަންވެއްޖެނަމަ ދެން އެކަނބަލުންނަށް އެއްވެސް އަނިޔާއެއްކޮށް މައްސަލައެއް ޖެއްސުން ތިޔަބައިމީހުންނަކަށް ނުވެއެވެ”. މިއެވެ.

ވީމާ ﷲ ޞުބްޙާނަހޫ ޥަޠަޢާލާގެ އަމުރު ފުޅަށް ކިޔަމަންތެރިވެ އަމުރުފުޅުގައިވާ ގޮތަށް ޢަމަލު ކުރުމީ ކޮންމެ ފިރިހެނެއްގެ ވާޖިބެކެވެ. އަދި ފިރިމީހާ އެފަދައިން ނަޞޭޙަތްދީ އިރުޝާދުދީފިނަމަ ކިޔަމަންވެ އަދަބުވެރިވުން އަނބިމީހާގެ މައްޗަށް ވާޖިބު ވެގެންވެއެވެ.