[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޣައިރު މުސްލިމުންނަށް އޫރުމަސް ކައްކާ ދިނުން ހުއްދަވާނެ ހެއްޔެވެ؟

ސުވާލު: އަޅުގަނޑު މަސައްކަތްކުރަނީ ކައްކާއެއްގެ ގޮތުގައި ބޭރު ކުންފުންޏެއްގައެވެ. އޫރު މަހަކީ ޙަރާން އެއްޗެއްކަން ޔަޤީންކުރާޙާލު އަޅުގަނޑު އޫރު މަސް ކައްކާ ހަދަމެވެ. ނަމަވެސް އަޅުގަނޑު އޭގެ ރަހައެއް ނުބަލަމެވެ. އަދި މަސައްކަތު މީހުންގެ ތެރެއިން މުސްލިމުންނަކަށްވެސް އެއެއް ނުދެމެވެ. ބޭރު މީހުންނަށް [އެބަހީ: ޣައިރު މުސްލިމުންނަށް] އެ ކައްކައި ދިނުމުން އަޅުގަނޑު ފާފަ ވެރިވާނެ ހެއްޔެވެ؟

ޖަވާބު:

ތިބާ އެކަން ކޮށްގެން ނުވާނެއެވެ. ﷲ ސުބުޙާނަހޫ ވަ ތަޢާލާ ވަޙީކުރައްވާފައިވަނީ :

﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ﴾ [سورة المائدة ٢]

މާނައީ: “އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ. އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ.”

މެހެމާނުންނަށް ނުވަތަ މިކަން ތިބާއަށް ހަވާލުކޮށްފައިވާ މީހުންނަށް އޫރު މަސް ކައްކައިދިނުމަނީ މުންކަރާތެކެވެ. އަދި މުންކަރާތެއް އަދާކުރުމަށް ވެވޭ އެހީއެކެވެ. އެހެނީ އެބައިމީހުންގެ މައްޗަށް ﷲ ވަނީ އޫރުމަސް ޙަރާމްކުރައްވާފައެވެ. އެއީ މުސްލިމުންގެ މައްޗަށްވެސް ޙަރާމްކުރެއްވި ފަދައިންނެވެ. އެބައިމީހުންގެ މައްޗަށް ﷲ ޙަރާމްކުރައްވާފައިވާ ކަމެއްގައި ވާގިވެރިވެ ދިނުމެއް ތިބާއަކަށް ނުވެއެވެ. އެއީ ހަމަކަށަވަރުން ޝިރުކުކުރުމަށާއި ޢީސާ ޢަލައިހި ސަލާމްއަށް އަޅުކަންކުރުމަށް ތިބާ އެމީހުނަށް އެހީ ތެރިނުވާ ފަދައިންނެވެ.

އަދި ރާ ބުއިމަށް އެބައިމީހުންނަށް އެހީތެރިވެ ދިނުމެއްވެސް ތިބާއަކަށް ނުވެއެވެ. ނުވަތަ އެނޫން ފާފަތައް ކުރުމަށްވެސްއެވެ.

ފަހެ އޫރު މަސް ކެއްކުމަކީވެސް އެފަދަ ކަމެކެވެ. އެމީހުންނަށް ނުވަތަ މެހެމާނުންނަށްވިޔަސް އެ ތައްޔާރުކޮށް ދިނުމަކީ މުންކަރާތެކެވެ. ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ އެކަމުން ރައްކާތެރިވެ އެބައިމީހުންނާ ދުރުހެލިވުމެވެ. އެއީ ތިބާއަކީ އިސްލާމްކަމުގައި ތެދުވެރިއެއްކަމުގައި ވާނަމައެވެ.

نسأل الله لنا ولك الهداية.

ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله

(1389ހ- 1420ހ އަށް ސުޢުދީ ޢަރަބިއްޔާގެ މުފްތީ)

___________________________________

މިފަތުވާގެ އަޞްލު