[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ނަމާދު ޖަމްޢުކުރާއިރު ޤަމަތްދިނުން

muzdalifa
(ސ 197) މީހަކު މެންދުރުނަމާދާއި ޢަޞުރުނަމާދު ޖަމްޢުކޮށްފިނަމަ ކޮންމެ ނަމާދަކަށް ޤަމަތްދޭންޖެހޭނެ ހެއްޔެވެ؟ އަދި ސުންނަތް ނަމާދުތަކަށް ޤަމަތެއް ވޭ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އޭގެ ތެރެއިން ކޮންމެ ނަމާދަކަށްވެސް ޤަމަތެއްވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙައްޖުކުރެއްވި ގޮތާމެދު އައިސްފައިވާ ޖާބިރު رضي الله عنه ގެ ޙަދީޘްގައިވާ ފަދައިންނެވެ. އެކަލޭގެފާނު صلى الله عليه وسلم މުޒްދަލިފާގައި ނަމާދު ޖަމްޢުކުރެއްވި ގޮތް ޛިކުރުކުރެވިފައިވާ ބަހުގެ މާނައަކީ:

“ޤަމަތް ދެއްވުމަށްފަހު މަޢްރިބު ނަމާދުކުރެއްވިއެވެ. އެއަށްފަހު ޤަމަތްދެއްވުމަށްފަހު ޢޝާނަމާދުކުރެއްވިއެވެ. އެދެމެދުގައި އެއްވެސް ސުންނަތް ނަމާދެއް ނުކުރައްވައެވެ.” [رواه البخاري ومسلم]

ސުންނަތް ނަމާދުތަކާ މެދު ދަންނައެވެ. ފަހެ އެނަމާދުތަކަށް ޤަމަތެއްނުވެއެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٢٨٣ / طبعة: دار الثريا للنشر