[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް)6

medina

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މަދީނާގެ މާތްކަން ދޭހަކޮށްދޭ އަނެއްކަމަކީ:

ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް މަދީނާގައި ދިރިއުޅުމުގެ ދަތިކަމަށާއި އުނދަގޫތަކަށް ކެތްކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އެކަލޭގެފާނު ހަދީޡްކުރައްވާފައިވެއެވެ.

((الْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ))

މާނައީ :”އެބައިމީހުން ދަންނަކަމުގައި ވާނަމަ އެބައިމީހުންނަށް މަދީނާ ހެޔޮކަންބޮޑެވެ.”

މިފަދައިން ޙަދީޘް ކުރައްވާފައިވަނީ މަދީނާ ދޫކޮށް އެއަށްވުރެ އަރާމު، ތަނަވަސް، ފުދުންތެރިކަން ބޮޑު ހިސާބުތަކަށް ބަދަލުވާންއުޅުން ބަޔަކަށެވެ. ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޙަދީޘްގައިވަނީ:

((الْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ لاَ يَدَعُهَا أَحَدٌ رَغْبَةً عَنْهَا إِلاَّ أَبْدَلَ اللَّهُ فِيهَا مَنْ هُوَ خَيْرٌ مِنْهُ وَلاَ يَثْبُتُ أَحَدٌ عَلَى لأْوَائِهَا وَجَهْدِهَا إِلاَّ كُنْتُ لَهُ شَفِيعًا أَوْ شَهِيدًا يَوْمَ الْقِيَامَةِ)) [رواه مسلم] 

މާނައީ: އެބައިމީހުން ދަންނަކަމުގައި ވާނަމަ އެބައިމީހުންނަށް މަދީނާ ހެޔޮކަންބޮޑެވެ. އެތަނާމެދު ޝައުޤުވެރިކަން ނެތިގެން އެތަން ދޫކޮށްލައިފި މީހެއްގެ ބަދަލުގައި އޭނާއަށްވުރެ ހެޔޮމީހެއް އެތަނަށް ބަދަލުކޮށްދެއްވާނެއެވެ. އަދި އެތަނުގެ ހޫނަށާއި ދަތިކަމަށް ކެތްކޮށްފި މީހަކަށް ޤިޔާމަތްދުވަހުގައި ތިމަންކަލޭގެފާނު އެމީހެއްގެ ޝަފާޢަތްތެރިއަކަށް ނުވަތަ ހެކިވެރިއަކަށް ވެވަޑައިނުގަންނަވާނޭ މީހަކު ނުވެއެވެ.”

މިއީ އަޅުގަނޑުމެންނަށް މަދީނާގެ މާތްކަން އިތުރަށް ހާމަކޮށްދޭ ކަމެކެވެ. އަދި އެތަނުގެ އުނދަގޫތަކަށާއި ދިރިއުޅުމުގެ ދަތިތަކާއި ބުރަތަކަށް ކެތްތެރިވުމުގެ މާތްކަންވެސް ހާމަކޮށްދޭ ކަމެކެވެ. މިކަންކަމުގެ ސަބަބުން މަދީނާ ދޫކޮށް އެއަށްވުރެ ތަނަވަސް ހިތްފަސޭހަ ތަންތަނަށް ނުދިއުމަށް ދަލީލުކޮށްދޭކަމެކެވެ. އަދި ކިއެއްހެއްޔެވެ. އަދި އެތަނުގައި އޭނާއަށް މެދުވެރިވާ ދަތިތަކަށް ކެތްތެރިވާނީއެވެ. ހަމަކަށަވަރުން އެފަދަ މީހުންނަށް ﷲ ތަޢާލާގެ ޙަޟްރަތުން މަތިވެރި އަޖުރާއި ގިނަގުނަ ޘަވާބު ވަޢުދުވެ ވޮޑިގެންވެއެވެ.

މަދީނާގެ މާތްކަން ދޭހަކޮށްދޭ އަނެއްކަމަކީ:

ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްވަނީ  އެތަނުުގައި ބިދުޢަތައް ފެށުމުގެ ނުރައްކާތެރިކަމާއި ނުބައިކަން ބަޔާންކުރައްވާފައެވެ. އެއީ އެތަނުގެ ޙުރުމަތްތެރިކަން ކޮސްދެއްވި ހިނދެވެ. ޙަދީޘްކުރެއްވިއެވެ.

((الْمَدِينَةُ حَرَمٌ مَا بَيْنَ عَيْرٍ إِلَى ثَوْرٍ فَمَنْ أَحْدَثَ فِيهَا حَدَثًا أَوْ آوَى مُحْدِثًا فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلاَئِكَةِ وَالنَّاسِ أَجْمَعِينَ لاَ يَقْبَلُ اللَّهُ مِنْهُ يَوْمَ الْقِيَامَةِ صَرْفًا وَلاَ عَدْلاً…)) [رواه البخارى ومسلم]

މާނައީ: ”ޢައިރު ފަރުބައާއި ޘައުރު ފަރުބަދައާއި ދެމެދުގައިވާ މަދީނާގެ ބިމަކީ ޙަރަމެކެވެ. އެތާނގައި ބިދުޢަ ހަދާމީހާއަށާއި ބިދުޢައިގެ އަހުލުވެރިންނަށް ހިޔާވަހިކަން ދީފިމީހަކަށް ފަހެ ﷲ ތަޢާލާއާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢުނަތް ވެއެވެ. އަދި އޭނާގެ ކިބައިން ޤިޔާމަތްދުވަހު ﷲ ތަޢާލާ  ފަރުޟެއްވެސް އަދި ސުންނަތެއްވެސްޤަބޫލް ނުކުރައްވާނެތެވެ…”

މަދީނާގެ މާތްކަން ދޭހަކޮށްދޭ އަނެއްކަމަކީ:

  ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސަައްލަމް ވަނީ  އެތަނުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވާފައެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސަައްލަމް އެފަދައިން ކުރައްވާފައިވާ އެއް ދުޢާއަކީ:

((اللَّهُمَّ بَارِكْ لَنَا فِى ثَمَرِنَا وَبَارِكْ لَنَا فِى مَدِينَتِنَا وَبَارِكْ لَنَا فِى صَاعِنَا وَبَارِكْ لَنَا فِى مُدِّنَا)) [رواه مسلم]

މާނައީ:”އޭ ﷲ! އަޅަމެންގެ މޭވާގައި ބަރަކާތް ލައްވާނދޭވެ. އަދި އަޅަމެންގެ މަދީނާގައި ބަރަކާތްލައްވާނދޭވެ. އަދި އަޅަމެންގެ صاع ގައި ބަރަކާތް ލައްވަނދޭވެ. އަދި އަޅަމެންގެ މުއްދުގައި ބަރަކާތް ލައްވާނދޭވެ.”

މަދީނާގެ މާތްކަން ދޭހަކޮށްދޭ އަނެއްކަމަކީ:

މިބިމަށް ޠާޢޫން ބައްޔާއި ދައްޖާލު ނުވަންނާނެކަމެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

((عَلَى أَنْقَابِ الْمَدِينَةِ مَلَائِكَةٌ لَا يَدْخُلُهَا الطَّاعُونُ وَلَا الدَّجَّالُ)) [رواه البخارى ومسلم]

މާނައީ :”މަދީނާއަށް ވަދެވޭ ހުރިހާ ފަރާތެއްގައި މަލާއިކަތުންވެއެވެ. އެތަނަށް ދައްޖާލެއް އަދިޠާޢޫނުބައްޔެއް ނުވަންނާނެއެވެ.”

މަދީނާގެ ފަޟްލުވަންތަކަމާއި އެތަނުގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްތައް ވަރަށްވެސް ގިނައެވެ. މިފޮތުގައި އަޅުގަނޑު މިޛިކުރުކޮށްލީ ޞަޙީޙުލްބުޚާރީ އާއި މުސްލިމްގައިވާ ނުވަތަ އެއިން ކޮންމެވެސް އެއްފޮތެއްގައިވާ ބައެއް ޙަދީޘްތަކެވެ.

މަދީނާގެ މާތްކަމާއި ބެހޭގޮތުން ލިޔެވިފައިވާ އެންމެ ފުރިހަމަ އެއް ފޮތަކީ އައްޝައިޚް އައްދުކްތޫރް ޞާލިޙް ބުން ޙާމިދް އައްރިފާޢީ ލިޔުއްވާފައިވާ “الأحاديث الواردة فى فضائل المدينة جمعا و دراسة” މިފޮތެވެ. މިފޮތަކީ މަދީނާގައި ހުންނަ އަލްޖާމިޢާ އަލްއިސްލާމިއްޔާގައި ޕީއެޗްޑީ ޙާޞިލްކުރުމަށް ލިޔެފައިވާ ފޮތެކެވެ. މި ފޮތަށް ރުޖޫޢަވެ މިފޮތުން ފައިދާ ޙާޞިލްކުރުމަށް އަޅުގަނޑު އެންމެހާ ކިޔަވާކުދިންނަށް ނަޞޭޙަތްތެރިވަމެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް