ސުވާލު: “ޙިޖާބު އެޅުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ނޫނެވެ. އެހެންކަމުން އެއީ އެހާ މުހިންމު ކަމެއް ނޫނެވެ.” މީހަކު މިފަދައިން ބުނުން ރަނގަޅުވާނެ ހެއްޔެވެ؟
ޖަވާބު:
الحمد لله.
މިއީ ކުށެކެވެ. ސަބަބަކީ ޙިޖާބަކީ އަންހެނުންގެ މައްޗަށް ފަރުޟެކެވެ. އަންހެނުންގެ ޒީނަތުގެ ތެރޭގައި ހިމެނޭ މޫނާއި، މޭމައްޗާއި އަދި މިނޫންވެސް އެބައިމީހުންގެ ޒީނަތްތައް ފޮރުވުމަށް ﷲ ތަޢާލާ ވަނީ އަމުރު ކުރައްވާފައެވެ. މިފަދައިން އަންހެނުންނަށް އަންގަވާފައިވަނީ ގޯނާއާއި ފިތުނަ ތަކުން އެބައިމީހުން ރައްކާތެރިކުރުމުގެ ގޮތުންނެވެ. ސަބަބަކީ އެދުންވެރިކަމާއި ޝަހުވަތްތެރިންގެ ބެލުންތަކުގެ އަމާޒަކީ އަންހެނުންނެވެ. އޭނާގެ ޒީނަތްތެރިކަން ފާޅުކޮށްފިނަމަ އެދުންވެރިކަމަށް އޭނާއަށް ދަޢުވަތުދެވެއެވެ. އަދި މީހުން އޭނާއަށް ލެނބި އޭނާގެ ފަހަތުން ދާނެއެވެ. މިއީ ޒިނޭފަދަ ފާޙިޝް ޢަމަލުތަކަށް މަގުފަހިކޮށްދޭކަމެކެވެ. އެހެންކަމުން އަންހެނުންގެ މައްޗަށް ޙިޖާބު ފަރުޟުކުރައްވާ އަންގަވާފައިވެއެވެ.
﴿وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ﴾ [سورة النور ٣١]
މާނައީ: “އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވައިކުރާހުށިކަމެވެ.”
خِمَار އަކީ ބޮލުން ތިރިއަށް، މޫނު ނިވާކުރުމުގެގޮތުން ވައްޓާލެވޭ ފޮތިގަނޑެވެ. އަދި ޖިލްބާބަކީ ހަށިގަނޑުގެ އެއްވެސްތަނެއް އިސްތިސްނާ ނުވާގޮތަށް، މުޅި ހަށިގަނޑު ނިވާކުރުމަށް މަތިންލެވޭ ހެދުމެކެވެ.
އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ﴾ [سورة الأحزاب ٥٣]
މާނައީ: “އަދި އެކަނބަލުން (އެބަހީ: ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން)ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ ސުވާލު ކުރާށެވެ.”
އެހެންކަމުން އެއީ އަންހެނުންނަށްވާ ރައްކާތެރިކަމެކެވެ. އޭރުން އެބައިމީހުންނާމެދު ކުޅިވަރެއްގެ ގޮތުގައި ދެކުމުގެ ފުރުޞަތެއް މީސްތަކުންނަކަށް ނޯންނާނެއެވެ.
-ޝައިޚް ޢަބްދުﷲ އިބްނު ޖިބްރީން رحمه الله-
__________________________
މިފަތުވާ ބައްލަވާ: ޢަރަބި ބަހުން / އިނގިރޭސި ބަހުން