ޤިޔާމަތްވުމުގެ ޢަލާމާތްތައް
بِسْمِ اللهِ الرَّحْمَنِ الرَّحِيْم
މާތް ﷲ ވަޙީ ކުރެއްވިއެވެ. ﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ * يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ﴾ (سورة الحج 1-2)
މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ޤިޔާމަތްވުމުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. [1] ތިޔަބައިމީހުންނަށް އެބިންހެލުން ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު ﷲގެ ޢަޛާބު ގަދަފަދައީއެވެ. [2]“
އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿فَهَلْ يَنْظُرُونَ إِلا السَّاعَةَ أَنْ تَأْتِيَهُمْ بَغْتَةً فَقَدْ جَاءَ أَشْرَاطُهَا فَأَنَّى لَهُمْ إِذَا جَاءَتْهُمْ ذِكْرَاهُمْ﴾ (سورة محمد 18)
މާނައީ: “ފަހެ، އެއުރެންނަށް ނޭނގިތިއްބާ، ކުއްލިޔަކަށް ޤިޔާމަތްވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން އިންތިޒާރު ކުރޭހެއްޔެވެ. ފަހެ، ހަމަކަށަވަރުން، އެކަމުގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާ ހަމަޔަށް އަތުވެއްޖެހިނދު، އެއުރެންގެ ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ.”
މިފޮތަކީ…
[މައްކާގެ] އުއްމުލްޤުރާ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާއިން ޢަޤީދާގެ ގޮފިން މާރސްޓާސް ޙާޞިލް ކުރެއްވުމަށް، މިފޮތުގެ މުއައްލިފު ލިޔުއްވާފައިވާ މާސްޓާސް ތީސީސް އެވެ.
ހިޖްރީ ސަނަތުން ސާދަސަތޭކަ ހަތަރުވަނަ އަހަރުގެ މުޙައްރަމް މަހުގައި، މިފޮތުގެ މުއައްލިފު ވަނީ މާސްޓާސްއިން އެއްވަނަ ދަރަޖައިގައި ފާސްވެ ވަޑައިގެންފައެވެ.
=ނުނިމޭ=