ޢާއްމު ގޮތެއްގައި ކޮންމެ ފަހަރަކުވެސް އަނބިމީހާ ގާތު ރޭކުރާއިރު އަންނަނިވި ދުޢާ ކިއުން ސުންނަތްވެގެންވެއެވެ.
بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا“(ޞަޙީޙުލް ބުޚާރީ 3271)
މި ދުޢާ ގައި އެކުލެވިގެންވާ މާނައީ: “ﷲގެ އިސްމުފުޅުން ފަށަމެވެ. އޭ މާތްﷲއެވެ. އަޅަމެން ޝައިތާނާ އާ ދުރުކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ދެއްވާ ރިޒްޤުންވެސް (އެބަހީ: ދަރީންގެ ކިބައިން) ޝައިޠާނާ ދުރުކޮށް ދެއްވާނދޭވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ:
“فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ لَمْ يَضُرَّهُ شَيْطَانٌ أَبَدًا“ޞަޙީޙް މުސްލިމް”
ޔަޢުނީ: އިސްވެދިޔަ ފަދައިން ދުޢާ ކޮށް ހެދުމަށްފަހު ދެމީހުންގެ ފަރާތުން ދަރިއެއް ލިބުމަށް މިންވަރު ކުރެވިފައިވާނަމަ އެކުއްޖާއަށް ޝައިޠާނާގެ އުނދަގޫ ނުފޯރާނެއެވެ.” މިއެވެ.