[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިސްކިތުގައި ފިރިހެނުންގެ ޖަމާާޢަތެއް އޮއްވާ އަންހެނުންނަށް ވަކި ޖަމާޢަތެއްގައި ނަމާދުކުރެވިދާނެތަ؟

مسجد

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަސްލަކީ އެއް މިސްކިތެއްގައި އެއްވަޤުތެއްގައި ދެޖަމާޢަތެއްގައި ނަމާދު ނުކުރުމެވެ. އެއީ އޭގެ ސަބަބުން މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދުމަށް މެދުވެރިވުމާއި، އެއްބައެއްގެ ސަބަބުން އަނެއްބަޔަކަށް އުނދަގޫވާ ކަމަށްޓަކައެވެ. އެހެން ނަމަވެސް އިމާމުގެ އަޑު އަންހެނުންގެ ސަފުތަކަށް ނީވުންފަދަ ޢުޒުރެއް މެދުވެރިވެއްޖެ ޙާލަތެއްގައި އަންހެނުންނަށް ޚާއްސަ ޖަމާއަތެއްހެދުމުގައި މައްސަލައެއްނެތެވެ. އެއީ އެވަގުތު ފިރިހެނުންގެ ޖަމާޢަތެއް އޮތްކަމުގައިވިޔަސް މެއެވެ. އެހެން ނަމަވެސް ޝަރުތަކީ އެއްޖަމާޢަތެއްގެ ސަބަބުން އަނެއް ޖަމާޢަތަށް އެއްވެސް ކަހަލަ އުނދަގުލެއް ނުފޯރުމެވެ.

ތަރާވީޙް ނަމާދުގައި އަންހެނުންނަށް ވަކި އިމާމެއް އަދި ފިރިހެނުންނަށް ވަކި އިމާމެއް ލައްވައިގެން، މިސްކިތުގައި ނަމާދުކުރެއްވި ކަމަށް ޢުމަރު ރަޟިޔަﷲ ޢަންހު އާއި އަދި ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ޘާބިތުވެއެވެ.

” قيام رمضان” އޭ ކިޔުނު ރިސާލާގައި އަލްބާނީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ.

” ތަރާވީޙް ނަމާދަށް ހާޟިރުވުން އަންހެނުންނަށް ޝަރުޢުވެގެންވެއެވެ. އަދި ފިރިހެނުންގެ އިމާމު ފިޔަވައި، އެކަނބަލުންނަށް ޚާއްސަ އިމާމެއް ލުންވެސް ހުއްދަވެގެންވެއެވެ. މީސްތަކުން ޤިޔާމުއްލައިލް އަށް ޖަމާވުމުން، ޢުމަރު ރަޟިޔަﷲ ޢަންހު ، ފިރިހެނުންގެ އިމާމަކަށް ޢުބައްޔު ބުން ކަޢުބު އަދި އަންހެނުންގެ އިމާމަކަށް ސުލައިމާން ބުން އަބީ ހަޘްމާ ލެއްވި ކަމަށް ޘާބިތުވެއެވެ.

عرفجة الثقفي ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ” ރަމަޟާން މަހުގައި ދަމުނަމާދު ކުރުމަށް މީސްތަކުންނަށް ޢަލީ ރަޟިޔަﷲ ޢަންހު އަންގަވައެވެ. އަދި ފިރިހެނުންނަށް ވަކި އިމާމެއް ލައްވައެވެ. އަދި އަންހެނުންނަށްވެސް ވަކި އިމާމެއް ލައްވައެވެ. އެކަލޭގެފާނު( عرفجة الثقفي) ވިދާޅުވިއެވެ. އަންހެނުންގެ ޖަމާޢަތުގެ އިމާމެއްކަމުގައި ތިމަން ވީމެވެ. )

ތިމަން( އަލްބާނީ) ބުނަމެވެ : މިފަދައިން ކަންތައްކުރެވޭނީ(އެބަހީ ދެ ޖަމާޢަތް އެއްފަހަރާ ހެދޭނީ) އެ މިސްކިތަކީ ޖާގަ ފުޅާ ތަނަވަސް މިސްކިތަކަށްވެފައި، އެއްޖަމާޢަތުގެ ސަބަބުން އަނެއް ޖަމާޢަތަށް އެއްވެސް އުނދަގުލެއް ނުފޯރާނަމައެވެ. “ – އަލްބާނީ ރަޙިމަހުﷲ ގެ ބަސްފުޅު ނިމުނީ –

–  والله أعلم –

މި ލިޔުމުގެ އަރަބި ލިންކު ބެއްލެވުމަށް