[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަވެރިޔާ ލޮލަށް ބޭސް އެޅުމުގެ ޙުކުމް

ލޮލަށް އަޅާބޭހުގެ ހިތިރަހަ ކަރުގައި ލައިފިނަމަ ރޯދަގެއްލޭނެ ހެއްޔެވެ؟ އޭގެން ރޯދަގެއްލޭނަމަ، އަޅުގަނޑުމިވަނީ ދުވާލުގަޑީ ލޮލަށް އެ އަޅާފަ، ދެން އެއަށްފަހު ނިދާފައެވެ. އަޅުގަނޑަށް އެދިރުވުނުކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. ފަހެ މިކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އިޚްތިޔާރުކުރައްވާފައިވާ ގޮތަކީ އަދި އައްޝައިޚް ޢުޘައިމީން رحمه الله އިޚްތިޔާރުކުރައްވާފައިވާ ގޮތަކީވެސް އެއީ ރޯދަ ގެއްލޭކަމެއް ނޫންކަމެވެ.

އައްޝައިޚް ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ:

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ދެކިލައްވާ ގޮތުގައި އަނދުން އެޅުމުން ރޯދަނުގެއްލޭނެއެވެ. އެއީ އޭގެރަހަ ކަރަށް ވާޞިލުވިނަމަވެސްއެވެ. އަދި ވިދާޅުވިއެވެ. މިއަށް ކެއުމެކޭވެސް އަދި ބުއިމެކޭވެސް ނުކިޔާނެއެވެ.

އަދި މިކަމުން ކެއުން ބުއިމުގެ މާނަވެސް ދޭހަނުވެއެވެ. އަދި ކެއުން ބުއިމުން ޙާޞިލުވާކަމެއްވެސް ޙާޞިލެއްނުވެއެވެ. އަނދުން އެޅުމުން ރޯދަގެއްލޭނެކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަ ޞަރީޙަ ދަލީލެއް އައިސްފައިނުވެއެވެ. އަޞްލަކީ އެއިން ރޯދަ ނުގެއްލޭނެކަމެވެ. އަޅުގަނޑުމެންގެ އަރިހުގައި އަޅުކަންފަސާދަކުރާކަމެއް ޘާބިތުވަންދެން އެއަޅުކަން އޮންނަނީ ސަލާމަތްކަންމަތީގައެވެ.

އެކަލޭގެފާނު رحمه الله އެ ދެކިވަޑައިގެންގޮތަކީ ޞައްޙަގޮތެވެ. އެއީ މީހަކަށް އޭގެ ރަހަ އޭނާގެ ކަރުތެރޭގައި ލީނަމަވެސްއެވެ. ޝައިޚުލް އިސްލާމް އެއިޚްތިޔާރުކުރެއްވިގޮތަށް ބިނާކޮށް، މީހަކު ރޯދައަށްހުރެ އޭނާގެ ލޮލަށް ބޭހެއްއަޅައިގެން އޭގެ ރަހަ ކަރުގައިލީނަމަވެސް ރޯދައެއް ނުގެއްލޭނެއެވެ.

_______________________________

ބައްލަވާ: الشرح الممتع ( ٦ / ٣٨٢ ).