…ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން މިފަދަ ވަގުތެއްގައި [އެބަހީ: ރޯދަވިއްލާ ވަގުތުގައި ކިޔުމަށް] ޛިކުރެއް ވާރިދުވެފައިވޭ ހެއްޔެވެ؟ ނުވަތަ މިފަދަ ވަގުތެއްގައި ކިޔުމަށް ތިޔަބޭފުޅާ ނަޞޭޙަތްތެރިވާ ދުޢާއެއް ވޭ ހެއްޔެވެ؟
…ނަބިއްޔާ صلى الله عليه وآله وسلم ގެ އަރިހުން ޛިކުރެއް ވާރިދުވެފައިވެއެވެ. އެއީ ހަމަކަށަވަރުން ރޯދަވިއްލުމަށްފަހު ކިޔުމަށެވެ. އެއީ އެޛިކުރު ޞައްޙަނަމައެވެ. [1]
((ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللهُ)) [2]
މާނައީ: “ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ އަޖުރު ސާބިތުވެއްޖެއެވެ.)”
ރޯދަވިއްލުމަށްފަހުގައި މެނުވީ މިދުޢާއެއް ނުކިޔާނެއެވެ…
ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙް އަލްޢުޘައިމީން رحمه الله
(اللقاء الشهري / وقت إجابة دعوة الصائم)
___________________________
[1] މިޛިކުރަކީ ޞައްޙަ(ޙަސަން ދަރަޖައިގެ ސަނަދަކުން ވާރިދުވެފައިވާ) ޛިކުރެއްކަމުގައި ފަޟީލަތުއްޝައިޚް ނާސިރުއްދީން އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ. ބައްލަވާ [صحيح سنن أبي داود / مجلد: ٧ / ص: ١٢٤-١٢٥ / طبعة: غراس]
[2] رواه أبو دواد في السنن / كتاب الصوم / باب : القول عند الإفطار / رقم: ٢٣٥٨