[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަދީޘް ބަސްފުޅަކާއިއެކު 2: ނިދުމުގެ ކުރިން

sunnahފެށުން.

الحمد لله رب العامين، الصلاة و السلام على نبينا محمد و آله و صحبه أجمعين. أما بعد.

ﷲ ސުބުޙާނަހޫ  ވަތަޢާލާ  ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

لَقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا ﴿الأحزاب: ٢١﴾
މާނައިގެ ތަރުޖަމާއީ: “ހަމަކަށަވަރުން، اللَّه ގެ ރަސޫލާ(މުޙައްމަދު صلى الله عليه وسلم) ގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲ އާއި (ބައްދަލުކުރުމަށާއި) އަދި އާޚިރަތް ދުވަހަށް އުއްމީދުކޮށް އަދި ގިނަގިނައިން ﷲ ގެމަތިން ހަނދުމަކުރާމީހާއަށެވެ.”

އަދިވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.  وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿القلم: ٤﴾
މާނައިގެ ތަރުޖަމާއީ: ” އަދި ހަމަކަށަވަރުން ކަލޭގެފާނު (މުޙައްމަދު صلى الله عليه وسلم) ވާކަން ކަށަވަރީ މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.”

ޙަދީޘް.

عَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الْفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلَاثَ مَرَّاتٍ.

ޙަދީޘްގެތަރުޖަމާ:

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެ ވަޑައިގެން ކޮންމެ ރެއަކު އެކަލޭގެފާނުގެ ދެއަތްތިލަޕުޅު (ނެންގެވުމަށްފަހު) ޖައްސަވައި އެދެއަތްޕުޅަށް  (އަނގައިން) ފުއްމަވައިލައްވައި އެދައަތްޕުޅު ނަންގަވައިގެން އޮންނަވައި قُلْ هُوَ اللَّهُ أَحَدٌ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ الْفَلَقِ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ النَّاسِ ސޫރަތް ކިޔަވާ ވިދާޅުވެލައްވައެވެ. އެޔަށްފަހު އެކަލޭގެފާނުގެ ގައިކޮޅުގައި އެކަލޭގެފާނުގެ ދެއަތްތިލަޕުޅުން އަތްބީއްސެވޭ މިންވަރަށް ބީއްސަވާލައްވައެވެ. ފައްޓަވަނީ އެކަލޭގެފާނުގެ އިސްތަށިފުޅާއި އަދި މޫނުފުޅާއި އަދި ގައިކޮޅާއި ކައިރީގައިވާ ހިސާބުންނެވެ. އެފަދައިން އެކަލޭގެފާނު ތިންފަހަރު ހައްދަވައެވެ.

ޙަދީޘުން ލިބޭ ފައިދާ
1.  ނިދަން އޮށޯވެ ދެއަތްތިލަ ނެގުމަށްފަހު އަތަށްފުމެލުމަށްފަހު އިޚުލާސް ފަލަޤި ނާސި މި ތިން ސޫރަތް ކިޔެވުމަކީ ސުންނަތެއްކަން.

2. އަދި އެޔަށްފަހު ގައިގައި ތިން ފަހަރު އަތްއުނގުޅާލުމަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރިވެގެންވާ ސުންނަތުގައި ހިމެނޭ ކަމެއްކަން.

3. އިޚުލާސް ފަލަޤި ނާސި މިތިން ސޫރަތް ކިޔެވުމަށްފަހުގައިވެސް އަތަށް ފުމެލެވިދާނެއެވެ. ސަބަބަކީ ޙަދީޘްގައި ލަފުޒީގޮތުން ކުރިން ފުމެލުން އައިސްފައިވީކަމުގައިވިޔަސް ފުމެލުން ކިޔެވުމަށްފަހުގައި ވާކަމަށް މިޙަދީޘުން  ބަހުގެ ގޮތުން ދަލީލު ކުރާކަމަށް ވަރަށް ޢިލްމުވެރިން ވިދާޅުވެއެވެ.

4. ދެގޮތުން ކުރެ ކޮންމެ ގޮތެއް ކުރިކަމުގައި ވިޔަސް މައްސަލައެއްނޫން ކަމަށް ޝެއިޚު އިބުނު އުޘައިމީން ރަޙިމަހުﷲ ވިދާޅުވެއެވެ.

5. އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ޙަދީޘްގެ ލަފުޒީ މާނައިގައިވާ ފަދައިން އެންމެ ފުރަތަމަ ދެއަތްތިލައަށް ފުމުމަށްފަހު ކިޔެވުން ކަމުގައި ޝެއިޚު އަލްބާނީ ރަޙިމަހުﷲ ވިދާޅުވެއެވެ. “السلسلة الصحيحة” (7/283)

6. އެޔަށްފަހު ގައިގަތް ތިންފަހަރު އަތްފިރުމާލުމަކީ މާތްނަބިއްޔާގެ ސުންނަތެއްކަން.

7. އަދި އަތްފިރުމަށް ބޮލާއި މޫނާއި އަދި ބޮލާއިވީކޮޅުން ފެށުން.  .

8. ޙައިޟުވެފައިވާ އަންހެނާއާއި އަދި ނިފާސްވެރިވެފައިވާ އަންހެނާއަށް ނިދާއިރު ކިޔާ ޛިކުރުތައް ކިޔުމާއެކުގައި (ހިތުން) ސޫރަތްތައްވެސް ކިއިދާނެކަމަށް ޝެއިޚު ބިން ބާޒް ރަޙިމަހުﷲ  އެކަމުގައި މައްސަލައެއް ނެތްކަމަށް ބަޔާންކޮށްދެއްވާފައިވެއެވެ. ވީމާ މިސުންނަތްތަކަށް  ބަޔާންކުރެވުނު އަންހެންކަނބަލުންނަށްވެސް ނިދާއިރު ޢަމަލުކުރުމަށް މަނައެއް ނެތެވެ. فتاوى ابن باز (17/66)

(ނޯޓު: ނަމަވެސް ޖުނުބުވެރިޔާއަށް ޤުރުއާން ކިޔެވުން ވަނީ ނަޙީވެގެންވެއެވެ. ވީމާ ޖުނުބުވެރިޔާ މަތީގައި ބަޔާންކުރެވުނު މީހުންގެ ތެރޭގައި ނުވެއެވެ.)

ޙަދީޘްގެ މަސްދަރު:

ޞަޙީހް ބުޚާރީ: 5018

ނިންމުން.
سُبْحَانَ رَ‌بِّكَ رَ‌بِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْ‌سَلِينَ . وَالْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ