[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 4

17760

ނަރަކައިގެ ބަނޑޭރިން

ނަރަކަ ބަލަހައްޓަވަން ތިއްބަވަނީ ވަރުގަދަ ބޮޑެތި ބިޔަ މަލާއިކަތުންނެއެވެ. ﷲ އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. ﷲ ވަޙީކުރެއްވި ފަދައިންނެވެ.

(يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ) [سورة التحريم 6]

މާނައީ:”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.”

އެބޭކަލުންގެ ޢަދަދަކީ ނަވާރައެވެ. ﷲ ވަޙީކުރެއްވި ފަދައިންނެވެ.

(سَأُصْلِيهِ سَقَرَ ﴿26﴾ وَمَا أَدْرَاكَ مَا سَقَرُ ﴿٢٧﴾ لَا تُبْقِي وَلَا تَذَرُ ﴿٢٨﴾ لَوَّاحَةٌ لِّلْبَشَرِ ﴿٢٩﴾ عَلَيْهَا تِسْعَةَ عَشَرَ ﴿٣٠﴾)[سورة المدثر 26-30]

މާނައީ:”ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ. އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ. ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ. (ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި މަލާއިކަތުންވެއެވެ.”

މަލާއިކަތުންގެ މިމަދު ޢަދަދުގެ ސަބަބުން ކާފަރުން އިމްތިޙާންކުރެވުނެވެ. އެބައިމީހުން ހީކުރީ މިމަދު މަލާއިކަތުންގެ މައްޗަށް އެބައިމީހުންނަށް ގަދަވިގަނެދާނެ ކަމަށެވެ. އެހެން ނަމަވެސް މީގެ އެންމެ މަލާއިކަތެއްވެސް މުޅި އިންސާނީ ނަސްލަށްވުރެ ގަދަފަދަ އަދި ބާރުގަދަކަން އެބައިމީހުންނަށް ނުވިސްނުނެވެ. އެހެންވެ ޖެހިގެން އައި އާޔަތުގައި ﷲ ޙައްގު ބަޔާންކުރައްވައި ވަޙީ ކުރެއްވިއެވެ.

(وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا…) [سورة المدثر 31]

މާނައީ:”އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ މަލާއިކަތުން މެނުވީ ނުލައްވަމެވެ. އަދި ކާފިރުވި މީހުންނަށް އިމްތިޙާނެއް ކަމުގައި މެނުވީ އެ މަލާއިކަތުންގެ އަދަދު ނުލައްވަމެވެ…”

އިބްނު ރަޖަބު رحمه الله ވިދާޅުވިއެވެ.

“ސަލަފުންގެ ބޭކަލުންނާއި އަދި ފަހުގެ މީހުންގެ ތެރޭގައި މަޝްހޫރުވެފައިވާ ފަދައިން ކާފަރުންނަށް އިމްތިޙާން ކުރިމަތިވީ ﷲ ތަޢާލާ މަލާއިކަތުންގެ ًޢަދަދު ބަޔާން ކުރެއްވުމުންޏެވެ. އެމީހުން ހީކުރީ އެމީހުންނަށް އެމަލާއިކަތުން ޤަތުލު ކޮށްލެވޭނެ ކަމަށެވެ. އަދި އެމީހުން ހީކުރީ އެބައިމީހުންނަށް އެމަލާއިކަތުންނާ ހަނގުރާމަކޮށް ގަދަވެގަނެވިދާނެ ކަމަށެވެ. އެހެން ނަމަވެސް މުޅި އިންސާނީ ނަސްލު އެއްބައިވިޔަސް އޭގެ އެއްބޭކަލެއްގެ މައްޗަށް ގަދަވެ ނުގަނެވޭނެކަން އެބައިމީހުނަށް ނުވިސްނުނެވެ.”

މިމަލާއިކަތުންނަކީ ޤުރުއާނުގައި ﷲ ތަޢާލާ ނަރަކައިގެ ބަނޑޭރިންގެ ނަމުން ނަންދެއްވާފައިވާ ބޭކަލުންނެވެ.

(وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ) [سورة غافر 49]

މާނައީ:”އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން ޢަޛާބުން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްދެއްވާށެވެ!”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ