[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 5

17760

ނަރަކަވާ ތަން

މިހާރު ނަރަކަވަނީ ކޮންތަނެއްގައި ކަމާމެދު ޢިލްމުވެރިންގެ މެދުގައިވަނީ ޚިލާފް އުފެދިފައެވެ. ބައެއް ބޭކަލުން ދެކިލައްވާ ގޮތުގައި ނަރަކަވަނީ އެންމެ ތިރީ ބިމުގައެވެ. އަނެއްބައި ބޭކަލުން ދެކިލައްވާ ގޮތުގައި އުޑުގައެވެ. އަނެއްބައި ބޭކަލުން އެކަމާމެދު އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. އަދި މިއީ އެންމެ ރަނގަޅު ގޮތެވެ. އެހެނީ އެއްވެސް ޞައްޙަ ނައްޞެއްގައި ނަރަކަ ވާތަނެއް ބަޔާންވެގެން އައިސްފައި ނުވާތީއެވެ. އަދި މިގޮތަށް ދެކިލައްވާ ޢިލްމުވެރިންގެ ތެރެއިން އަލްޙާފިޡް އައްސުޔޫތީ رحمه الله ވިދާޅުވިއެވެ.

“ނަރަކަ މިހާރު ވާތަނަކާ ބެހޭގޮތުން ވާހަކަ ނުދައްކާށެވެ. އެހެނީ ނަރަކަވާ ތަނެއް ﷲ ފިޔަވާ އެހެން ފަރާތަކަށް ނޭނގެވެ. އަދި މިކަމުގައި އަޅުގަނޑު އޭގެ މައްޗަށް ބުރަވާނޭ އެއްވެސް ޙަދީޘްއެއް އަޅުގަނޑަށް އެނގިފައިނުވެއެވެ.”

އައްޝައިޚު ވަލިއްޔު ﷲ އައްދަހްލަވީ އެކަލޭގެފާނުގެ ޢަޤީދާގެ ފޮތުގައި ވިދާޅުވިއެވެ.

“ސުވަރުގެއާ ނަރަކަ ވާތަނެއް ބަޔާންވެގެންވާ އެއްވެސް ޞައްޙަ ނައްޞެއް އައިސްފައި ނުވެއެވެ. އެހެން ނަމަވެސް އެދެތަންވަނީ ﷲ އިރާދަކުރެއްވި ތަނެއްގައެވެ. އަދި އަހުރެމެންނަށް ﷲ ތަޢާލާގެ ހުރިހާ ޚަލްޤުތަކުން ދެނެގަތުމުގެ ކުޅަދާނަކަމެއް ނުވެއެވެ.”

ޞިއްދީޤު ޙަސަން ޚާން، އައްދަހްލަވީގެ މިބަސްފުޅާ ބެހޭގޮތުން ވިދާޅުވިއެވެ.

“މިއީ އެންމެ ސަލާމަތްތެރިކަން ބޮޑު އަދި އެންމެ ރަނގަޅު ގޮތެވެ، إِنْ شَاءَ الله “

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ