[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ކަޢުބާގެ “މޮޑެލް” ހަދައިގެން ޙައްޖު ނުވަތަ ޢުމްރާ ކުރާގޮތް ދަސްކޮށްދިނުން

ސ 1629: މުދައްރިސަކު އޭނާގެ ދަރިވަރުންނަށް ޙައްޖާއި ޢުމްރާ ކުރާނެގޮތް އުންގަންނައި އެބަދެއެވެ. ނަމަވެސް އޭނާ ބުނާގޮތުން: އެންމެ ފުރިހަމަ ގޮތުގައި އެކުދިންނަށް އެކަންތައްތައް ނަގައިނުގަނެވެއެވެ. ފަހެ އޭނާގެ ސުވާލަކީ ސްކޫލުގައި ކަޢުބާއާއި ޙައްޖާއި ޢުމްރާގެ އެހެނިހެން މަޝާޢިރުތަކުގެ “މޮޑެލް” އެއް ހަދާފައި ޢަމަލީ ގޮތުން އެކުދިން ލައްވާ އެކަންކުރުވުން ހުއްދަވާނެ ހެއްޔެވެ؟

 

ޖަވާބު: މިކަމަކީ ހުއްދަކަމެއް ނޫނެވެ. އެއްވެސް ގޮތަކަށް މިކަންކުރުން އެދެވިގެންނުވެއެވެ. އެހެނީ އޭނާއަށް ކަޢުބާ ހުންނަގޮތް ބޯޑުގައި ކުރަހައިގެންވެސް ކިޔާދެވިދާނެއެވެ. އަދި ކަޢުބާ ވަށައިގެން ޠަވާފުކުރާގޮތް ބޯޑުގައި ދެއްކިދާނެއެވެ.

އޭގެ “މޮޑެލް” އެއް ހެދުމާމެދު ދަންނައެވެ. ފަހެ މިފަދައިން ކަންތައްކުރުމުން އެކުރެވޭކަމަކީ އަޅުކަންތަކަކީ ހަމައެކަނި ވަކި ތަރުތީބަކުން ކޮށްލާ ޙަރަކާތްތަކެއްކަމަށް ދޭހަކޮށްދިނުމެވެ. އަދި އެކަމުގައި ހިތަށްކުރުވާ އެއްވެސް އަޘަރެއްނުވާކަމަށް ހެދުމެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله

(مجموع فتاوى ورسائل العثيمين 24 / 91. (

________________________________________________

މިފަތުވާގެ އަޞްލު ބެއްލެވުމަށް

ކަޢުބާގެ “މޮޑެލް” ނެހެދުމަށް އިރުޝާދުދެއްވާ ސުޢޫދީ އަރަބިއްޔާގެ ކުރީގެ މުފްތީ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ވެސް ފަތުވާދެއްވާފައިވެއެވެ. އަދި މައްކާގައި ހުންނަ މަޖްމަޢު އަލްފިޤްހީ އިންވެސް އެފަދައިން ޤަރާރު ނެރުއްވާފައިވެއެވެ. އެބޭފުޅުން އިތުރަށް ފާހަގަކުރައްވާފައިވާ މައިގަނޑު ނުކުތާތަކުގެ ތެރޭގައި:

1 އެފަދައިން ޢަމަލުކުރުމުން ކަޢުބާގެ ޙުރުމަތްތެރިކަން ކުޑަވުން.

2 އެފަދައިން ޢަމަލުނުކޮށް އޭގެ ބަދަލުގައި އެހެން ވަސީލަތަކުން އެކަންކުރެވިދާނެ. މިޘާލަކަށް: ވީޑިއޯއެއްފަދަ އެއްޗެއްގެ ޛަރީޢާއިން އެކަންކުރުން.