[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ހަދުޔު ހިފައިގެން މައްކާއަށް ދާ މީހުންފިޔަވައި އެހެންމީހުންނަށް މޮޅުއިތުރީ ތަމައްތަޢުކޮށް ޙައްޖުވުން

ޙައްޖުވެރިޔާއަށް މޮޅުއިތުރީ ތަމައްތުޢުކޮށް ޙައްޖުވުން ހެއްޔެވެ؟ ނުވަތަ ޤިރާންކޮށް ޙައްޖުވުން ހެއްޔެވެ؟ ފަހެ ތަމައްތުޢުކޮށް ކުރުމަށް މޮޅުއިތުރުވެގެންވާނަމަ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޤިރާނުކޮށް ޙައްޖުކުރެއްވިކަމަށް ބުނާ މީހުންނަށް ރައްދުގައި ބުނާނީ ކީކޭ ހެއްޔެވެ؟ އަދި ޤިރާންކޮށް ޙައްޖުވުން މޮޅުއިތުރުވެގެންވާނަމަ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ނިޔަތްގަތީ ތަމައްތުޢުކޮށްކަމަށާއި އެންމެ މޮޅުގޮތަށް މެނުވީ އެކަލޭގެފާނު ނިޔަތްނުގަންނާނެކަމަށް ބުނާ މީހުންނަށް ރައްދުގައި ބުނާނީ ކީކޭ ހެއްޔެވެ؟

 

ޖަވާބު: އެންމެ މޮޅުއިތުރީ ތަމައްތުޢުކޮށް ޙައްޖުވުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް ޢުމްރާއަކާއެކު ތަމައްތުޢުކޮށް ޙައްޖުވުމަށް އަމުރުކުރެއްވިއެވެ. އެއީ ޠަވާފުކުރުމަށްފަހު ސަޢުޔުކޮށް އަދި ބޯބޭލުމެވެ. މިގޮތް މޮޅުއިތުރެވެ. ފަހެ ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ.

(( لَوْلاَ أَنَّ مَعِي الهَدْيَ لَأَحْلَلْتُ)) [2]

“ތިމަންކަލޭގެފާނާއެކު ހަދުޔުނުވާނަމަ ތިމަންކަލޭގެފާނު [ޢުމްރާއެއްކުރެއްވުމަށްފަހު ޢިހްރާމުގައިކުރެ ކުރުންމަނާ އެންމެހާ ކަންތަކުން ޙަލާލުވެ] އިޙްރާމުކެޑުއްވީމުހެވެ.”

އެމީހަކާއެކު އެމީހެއްގެ ހަދްޔު ވާ މީހަކަށް އެންމެ މޮޅުއިތުރީ ނަބިއްޔާ صلى الله عليه وسلم ކަންތައްކުރެއްވި ފަދައިން ޙައްޖާއި ޢުމްރާއާ އެކު[ޤިރާނުކޮށް] އިޙްރާމް ބަނުމަށެވެ.

އެމީހަކާއެކު އެމީހެއްގެ ހަދްޔުނުވާމީހަކަށް މޮޅުއިތުރީ [ތަމައްތުޢުކޮށް] ޢުމްރާއަށް ނިޔަތްގަނެ، ފަހެ ޠަވާފުކުރުމަށްފަހު ސަޢްޔުކޮށް ދެން ބޯކޮށާ އިޙްރާމް ކެނޑުމަށެވެ. އަދި އެއަށްފަހު އެއަހަރުގެ ޙައްޖުމަހުގެ 8ވަނަ ދަވަހު ޙައްޖަށް އިޙްރާމް ބަންނާނީއެވެ.

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله

(ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)

________________________________________________

[1] މިލިޔުމަކީ [ސުޢޫދީ ޢަރަބިއްޔާގެ] ‘ޢުކާޡު’ ނޫހުގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ނަންބަރ: 11551 ތާރީޚް: 10/12/1418هـ

[2]  رواه الإمام أحمد في (باقي مسند المكثرين من الصحابة) مسند أنس بن مالك برقم 12039، والبخاري في (الحج) باب تقضي الحائض المناسك كلها إلا الطواف برقم 1651.

ނޯޓު: ހަދްޔުއަކީ ޙައްޖުގެ އަޅުކަމުގައި ކަތިލާ ނަޢަމްސޫފީގެ ބާވަތައް ކިޔާނަމެވެ.

މިފަތުވާގެ އަޞްލު