[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޙައިޟުވެރިންނާއި ނިފާސްވެރިން ޙައްޖާއި ޢުމްރާ ނިންމާފައި އެނބުރި އައުމުގެކުރިން ތަވާފުލްވަދާޢުކުރުން

ޙައިޟުވެރިންނާއި ނިފާސްވެރިންނާއި ނުކުޅެދޭމީހުން އަދި ބަލިމީހުންގެ މައްޗަށް ޠަވާފުލްވަދާޢު ލާޒިމްވެގެންވޭ ހެއްޔެވެ؟ …

 

ޙައިޟުވެރިންނާއި ނިފާސްވެރިންނަށް ޠަވާފުލްވަދާޢުއެއް ނުވެއެވެ.

ނުކުޅެދޭމީހުންނާމެދު ދަންނައެވެ. އެފަދަ މީހުން ލައްވާ ޠަވާފް ކުރުވާނީ އުފުލައިގެންނެވެ. [ނުވަތަ ގޮނޑީގައެވެ.] އަދި ބަލިމީހާއަށްވެސް އޮތީ މިފަދައިންނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްގެ ސަބަބުންނެވެ.

((لَا يَنْفِرَنَّ أَحَدٌ مِنْكُمْ حَتَّى يَكُونَ آخِرَ عَهْدِهِ بِالْبَيْتِ))

މާނަ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު [މައްކާ ދޫކޮށްފައި] ނުދާށެވެ. އެންމެ ފަހު ކަމަކަށް ގެފުޅުވަށައިގެން ޠަވާފެއް ކޮށްގެން މެނުވީއެވެ.”

އަދި މިކަން ޞަޙީޙް ބުޚާރީ އަދި މުސްލިމްގައި އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ، إِلَّا أَنَّهُ خُفِّفَ عَنِ الحَائِضِ))

މާނަ: “މީސްތަކުން ކުރާ އެންމެ ފަހުކަމެއްކަމުގައި ގެފުޅުވަށައިގެން ޠަވާފުކުރުމަށް އަމުރުކުރެވުނެވެ. ނަމަވެސް ޙައިޟުވެފައިވާ އަންހެނާއަށް [އެކަންނުކުރުމުގެ] ލުއިކަން ދެވިފައިވެއެވެ.”

އެހެން ޙަދީޘްއެއްގައި އައިސްފައިވާގޮތުން ނިފާސްވެރިންނަކީވެސް ޙައިޟުވެރިންފަދަ ބައެކެވެ. އޭނާގެ މައްޗަކަށް ވެސް ވަދާޢުގެ ޠަވާފެއްނުވެއެވެ.

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

ސުޢޫދީ ޢަރަބިއްޔާގެ ޢިލްމީ ދިރާސާތައްކުރާ އަދި ފަތުވާދޭ ދާއިމީ ކޮމިޓީ

عبد العزيز بن عبد الله بن باز

عبد الرزاق عفيفي

عبد الله بن غديان

______________________________________

[فتاوى اللجنة الدائمة – المجموعة الأولى 11 / 308]