[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 8

17760

ނަރަކައިގެ ވަތްގަނޑުތައް

ނަރަކައިގެ ހޫނުކަން ހުންނަނީ އެއްދަރަޖައެއްގައި ނޫނެވެ. އަދި ކިއެއްތަ ނަރަކައިގެ އެކިތަން ތަނުގައި ހޫނުކަން ތަފާތެވެ. އަދި ﷲ އޭގެ އަހުލުވެރިންނަށް ތައްޔާރު ކޮށްފައިވާ ޢަޛާބުވެސް އެކިތަން ތަނުގައި ތަފާތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا) [سورة النساء 145]

މާނައީ:”ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ.”

ސުވަރުގެއާއި އަދި ނަރަކައިގަ ވެސް އެކި ދަރަޖަތައް ހުރެއެވެ. ނަރަކައިގެ ދަރަޖަތައް އަޑިޔަށް ދިޔަވަރަކަށް ހޫނުވެފައި ޢަޛާބު ބޮޑުވެއެވެ. ނަރަކައިން އެންމެ ބޮޑު ޢަޛާބެއް ލިބޭނެ ބަޔަކީ މުނާފިޤުންނެވެ. އެހެންވެ އެމީހުން ވާހުށީ ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ.

ސުވަރުގެއާއި އަދި ނަރަކައިގެ ތަފާތު ދަރަޖަތައް ވާކަން ބަޔާންކޮށް ﷲ ވަޙީކުރެއްވިއެވެ.

(وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا ۚ)[سورة الأنعام 132 ]

މާނައީ:”އަދި ކޮންމެ ބަޔަކަށްމެ އެބަޔަކު ކުޅަ ޢަމަލުތަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(أَفَمَنِ اتَّبَعَ رِضْوَانَ اللَّـهِ كَمَن بَاءَ بِسَخَطٍ مِّنَ اللَّـهِ وَمَأْوَاهُ جَهَنَّمُ ۚ وَبِئْسَ الْمَصِيرُ ﴿162﴾ هُمْ دَرَجَاتٌ عِندَ اللَّـهِ ۗ …﴿163﴾)[سورة آل عمران 162-163 ]

މާނައީ:”ފަހެ، ﷲ ގެ ރުއްސެވުމަށް ތަބާވީމީހާ، ﷲ ގެ ޙަޟްރަތުން އަންނަ ކޯފާއަކާއިގެން އެނބުރި އައިމީހެއްފަދަ ހެއްޔެވެ. އަދި، އެމީހަކު (އެބަހީ: ﷲ ގެ ކޯފާއާއިގެން އައި މީހަކު) އުޅޭނެތަނަކީ، ޖަހަންނަމައެވެ. (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ. އެއުރެން، ﷲ ގެ ޙަޟްރަތުގައި ވަނީ ދަރަޖަތަކަކަށެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ